ކ. މާލެ
|
10 ޑިސެންބަރ 2022 | ހޮނިހިރު 21:06
މާލެ އަށް ވާރޭވެހިފައި
މާލެ އަށް ވާރޭވެހިފައި
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ޅ އަތޮޅުން ފެށިގެން ދ އަތޮޅަށް ވައިޓް އެލާޓް
ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ

މޫސުން ގޯސްވެ، ޅ އަތޮޅުން ފެށިގެން ދ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހޮނިހިރު ދުވަހުގެ ރޭ 8:15ން ފެށިގެން މެންދަމު 2 ޖެހުމާ ހަމައަށް އެސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމަށެވެ. މިވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށާއި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.

މީގެއިތުރުން މެޓް އޮފީހުން ބުނީ އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ. އެހެން ހިސާބުތަކަށްވެސް ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

- ކޮމެންޓް