ކ. މާލެ
|
6 ޑިސެންބަރ 2022 | އަންގާރަ 16:30
މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ތެރެއިން
މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ތެރެއިން
ރާއްޖެއެމްވީ
ފީފާ ވޯލްޑް ކަޕް
ރާއްޖޭގެ ކަރާޓޭ ޓީމަށް 60 މެޑަލް
 
ރާއްޖެ ޓީމުން ވަނީ 11 ރަން މެޑަލް، 17 ރިހި މެޑަލް އަދި 32 ލޯ މެޑަލް ހޯދާފައި
 
މުޅި މުބާރާތުން ރާއްޖެއަށް ލިބުނީ ދެވަނަ

ޖޭއެސްކޭއޭ ކަރާޓޭ އިންޓަރނޭޝަނަލް މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ޓީމުން ޖުމްލަ 60 މެޑަލް ހޯދައިފިއެވެ.

ސްރީލަންކާގައި ކުރިއަށް ދިޔަ މި މުބާރާތުގައި ރާއްޖެއިން ބައިވެރިވ ޓީމުގައި ހިމެނެނީ 29 ބައިވެރިންނެވެ. އޭގެތެރޭގައި ހިމެނެނީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ 20 ދަރިވަރުންނާއި، ފިންލެންޑް އިންޓަރނޭޝަނަލް ސްކޫލުގެ 6 ދަރިވަރުންގެ އިތުރުން މަޖީދިއްޔާ ސްކޫލް، އިސްކަންދަރު ސްކޫލް އަދި އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ތެރެއިން ކޮންމެ ސްކޫލެއްގެ އެއް ދަރިވަރެވެ.

މި މުބާރާތުގައި ރާއްޖެ ޓީމުން ވަނީ 11 ރަން މެޑަލް، 17 ރިހި މެޑަލް އަދި 32 ލޯ މެޑަލް ހޯދާފައެވެ. މުޅި މުބާރާތުން ރާއްޖެއަށް ލިބުނީ ދެވަނައެވެ. އެއްވަނަ ހޯދީ ސްރީލަންކާއެވެ. ތިންވަނަ ލިބުނީ އިންޑިއާއަށެވެ. މުބާރާތުގައި ބައިވެރިވީ މި ތިން ޓީމު އެކަންޏެވެ.

ރާއްޖޭގެ ޓީމުން ވަނީ މިދިޔަ އޯގަސްޓު މަހު އިންޑިއާގައި އޮތް ކަރާޓޭ މުބާރާތެއްގައިވެސް ބައިވެރިވެ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ. އޭޝިއަން ކަރާޓޭ މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ޓީމް ވަނީ އެ މުބާރާތުގެ އެއްވަނަ ހާސިލްކޮށްފައެވެ. މި މުބާރާތުގައި ރާއްޖެއިން އެއްވަނަ ހޯދިއިރު، 17 ރަން މެޑަލް، 7 ރިހި މެޑަލް އަދި 18 ލޯ މެޑަލް ހޯދާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
14%
29%
0%
0%
0%
57%
ކޮމެންޓް