ކ. މާލެ
|
4 ޑިސެންބަރ 2022 | އާދީއްތަ 22:47
އެމްބާޕޭ އާއި ޖިރޫޑް
އެމްބާޕޭ އާއި ޖިރޫޑް
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ފްރާންސް ކުއާޓަރ ފައިނަލަށް، ޖިރޫޑާއި އެމްބާޕޭއަށް ރެކޯޑެއް!
ފްރާންސް މޮޅުވީ 3-1ން
ފްރާންސްގެ ލަނޑުތައް ޖަހައިދިނީ އެމްބާޕޭ އާއި ޖިރޫޑް

ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޕޮލެންޑު ބަލިކޮށް ފްރާންސުން މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފިއެވެ.

ޕޮލެންޑާއި ވާދަކުރި ދެވަނަ ބުރުގެ މެޗު ފްރާންސުން ކާމިޔާބުކުރީ 3-1ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ފްރާންސަށް ލީޑު ނަގައިދިނީ އޮލިވިއޭ ޖިރޫޑެވެ. މި ލަނޑާއެކު އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ލިބިގަނެފައެވެ. މި މެޗަށް ނުކުތް އިރު އޭނާ ވަނީ މީގެ ކުރިން މި ރެކޯޑު އޮންނަ ތިއެރީ އޮންރީގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. މި ލަނޑާއެކު ގިރޫޑް ވަނީ ފްރާންސް ޓީމަށް ޖުމްލަ 52 ލަނޑު ޖަހައިދީފައެވެ.

ދެވަނަ ހާފުގައި ފްރާންސްގެ އަނެއް ދެލަނޑުވެސް ކާމިޔާބުކޮށްދިނީ ޓީމުގެ ތަރި ކީލިއަން އެމްބާޕޭއެވެ. އެމްބާޕޭގެ މި ދެލަނޑާއެކު އޭނާވެސް ވަނީ ރެކޯޑު ފޮތުން ޖާގަ ހޯދާފައެވެ. އެމްބާޕޭ ވަނީ 24 އަހަރު ފުރުމުގެ ކުރިން ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ހަދާފައެވެ. އެމްބާޕޭ ވަނީ ވޯލްޑް ކަޕްގައި މިހާތަނަށް 8 ލަނޑު ޖަހާފައެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ އަތުގައެވެ.

ޕޮލެންޑްގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޓީމުގެ ތަރި ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ ޕެނަލްޓީއަކުން އޭނާ ޖެހި ލަނޑެކެވެ.

ފްރާންސް އަތުން ބަލިވުމާއެކު ޕޮލެންޑު ވަނީ މުބާރާތުން ކަޓާފައެވެ. ކުއާޓަރ ފައިނަލުގައި ފްރާންސް ވާދަކުރަން ޖެހޭނީ މިރޭ ދަންވަރު 12 ޖަހާއިރު އިންގްލޭންޑާއި ސެނެގާލް ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް