ކ. މާލެ
|
3 ޑިސެންބަރ 2022 | ހޮނިހިރު 06:43
ވެލާނާގެ
ވެލާނާގެ
ރާއްޖެއެމްވީ
ކޮންޓްރެކްޓް މުވައްޒަފުންގެ ވަޒީފާ
ކޮންޓްރެކްޓް މުވައްޒަފުންގެ ވަޒީފާގެ ކަންކަން ހަމަޖެއްސުން ސީދާ އިދާރާތަކަށް
ޑިސެމްބަރ 1ން ފެށިގެން ސިވިލް ސާވިސްގެ އިދާރާތަކުން ކޮންޓްރެކްޓް އުސޫލުން ނަގާ މުވައްޒަފުންނަށް އެޕްރޫވަލް ދޭނީ އެއިދާރާއަކުން

ސަރުކާރުގެ އިދާރާތަކުން ކޮންޓްރެކްޓު އުސޫލުން ނަގާ މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސުމާއި ކޮންޓްރެކްޓް އައު ކުރުން އެ އިދާރާތަކުން ކުރާގޮތަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމުގެ ކަންކަން މިހާރު ކުރަމުން އަންނަނީ ސިވިލް ސަރވިސް ކޮމިޝަނުންނެވެ. އެކަން ބަދަލުކުރާކަން ހާމަކޮށް ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުރިން މިގޮތަށް ނެގޭ މުވައްޒަފުންނަށް އެ ކޮމިޝަނުން އެޕްރޫވަލް ދޭގޮތަށް އޮތްއޮތުން، ސިވިލް ސާވިސްގެ ގާނޫނުގައިވާ ގޮތުގެ މަތިން އެ އިދާރަތަކަށް ދޫކޮށްލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން ޑިސެމްބަރ 1ން ފެށިގެން ސިވިލް ސާވިސްގެ އިދާރާތަކުން މިގޮތަށް ނަގާ މުވައްޒަފުންގެ ކޮންޓްރެކްޓަކީ ސިވިލް ސާވިސްގެ ގާނޫނާއި، ގަވާއިދާއި، އުސޫލުތަކާއި އެއްގޮތަށް އަޕްޑޭޓް ކުރުން އިދާރާތަކުން ކުރާގޮތަށް ހަމަޖެހިފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ.

މި ނިންމުމާއެކު މިފަދަ މުވައްޒަފުންގެ ކޮންޓްރެކްޓު އައު ކުރުން، ނުވަތަ އަލަށް ނަގާ މުވައްޒަފުންގެ ކޮންޓްރެކްޓު ހެދުމާއި އެޕްރޫވްކުރުމުގެ މަސައްކަތް ކުރާނީ އެ އިދާރާއަކުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް