ހަފްތާ ބަންދުގައި އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެކަމަށެވެ. ހުކުރު ދުވަހު މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށާއި ދެކުނަށް ކެރީގެ އަސަރުކުރާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ހޮނިހިރު ދުވަހު މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށާއި ދެކުނަށް ކެރީގެ އަސަރުކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މީގެއިތުރުން މެދު ރާއްޖެތެރެއާއި ދެކުނު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް މަޑުވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.