ކ. މާލެ
|
21 ނޮވެންބަރ 2022 | ހޯމަ 22:38
ރެހެންދި ސްކޫލް
ރެހެންދި ސްކޫލް
ރާއްޖެއެމްވީ
ރެހެންދި ސްކޫލުގެ ބަޔާން
ކެޑޭޓް ކޭމްޕްގައި ހިނގިކަމަށް ބުނެ ފަތުރާ ވާހަކަ، ރެހެންދި ސްކޫލުން ދޮގުކޮށްފި
 
އެ ޚަބަރަށް މައުލޫމާތު ދީފައިވަނީ ސްކޫލްގެ ރަޖިސްޓްރީގައި ނެތް ފަރާތަކުން، ސްކޫލުގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކަމަށް ބުނެ
 
ކެޑޭޓު ހަރަކާތާ ގުޅިގެން ބައެއް ނޫސްތަކުގައި ބުނެފައިވާފަދަ އެއްވެސް ހާދިސާއެއް، އެސްކޫލްގެ ބެލެނިވެރިއަކު ރިޕޯޓުކޮށްފައެއްނުވޭ

ރެހެންދި ސްކޫލްގެ ކެޑޭޓް ހަރަކާތަކާ ގުޅިގެން ފަތުރާ ވާހަކަތައް އެ ސްކޫލުން ދޮގުކޮށްފިއެވެ.

މިމަހުގެ 10 ވަނަ ދުވަހުން 12 ވަނަ ދުވަހަށް އެ ސްކޫލުގައި ކުރިއަށްގެންދިޔަ ކެޑޭޓު ހަރަކާތެއްގައި އަންހެން ދަރިވަރުންތަކަކަށް ގޯނާކުރިކަމަށް ތުހުމަތުކޮށް، ނޫހެއްގައި ވަނީ ޚަބަރެއް ޝާއިއުކޮށްފައެވެ. އެކަމާގުޅިގެން ރެހެންދި ސްކޫލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ކެޑޭޓް ކޭމްޕްގައި އެސްކޫލްގެ 200 ދަރިވަރުން ބައިވެރިވެފައިވާކަމަށާއި، ކެޑޭޓު ހަރަކާތާ ގުޅިގެން ބައެއް ނޫސްތަކުގައި ބުނެފައިވާ ފަދަ އެއްވެސް ހާދިސާއެއް އެސްކޫލްގެ ބެލެނިވެރިއަކު ރިޕޯޓުކޮށްފައި ނުވާކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން އެ ޚަބަރަށް މައުލޫމާތު ދީފައިވަނީ ސްކޫލުގެ ރަޖިސްޓްރީގައި ނެތް ފަރާތަކުން، ސްކޫލުގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކަމަށް ބުނެއެވެ. އެއީ ސްކޫލުގެ ނަމާއި ކެޑޭޓްކޯއާއި ދަރިވަރުންގެ އަބުރާއި ކަރާމަތަށް ގެއްލުން ލިބޭފަދަ ވާހަކަތައް ކަމަށާއި، އެފަދަ ވާހަކަތައް ނުފެތުރުމަށް އެ ސްކޫލުން ވަނީ އިލްތިމާސްކޮށްފައެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ސްކޫލުގެ ކެޑޭޓު ހަރަކާތުގައި ހަމަޖައްސާފައިވާނީ، ފިރިހެން ދަރިވަރުންނަށް ފިރިހެން މުދައްރިސުން އަދި އަންހެން ދަރިވަރުންނަށް އަންހެން މުދައްރިސުން ކަމަށެވެ. އަދި ކޮންމެ ދުވަހަކު "ފީޑް ބެކް" ސެޝަނެއް ކުރިއަށްގެންދިޔަ ކަމަށާއި، ކޭމްޕް ނިމުނުއިރުވެސް އެފަދަ ހާދިސާއެއް ހިނގާފައިވާކަން އެއްވެސް ޓީޗަރެއްގެ ފަރާތުންވެސް އަދި ދަރިވަރެއްގެ ފަރާތުންވެސް ހިއްސާކޮށްފައިނުވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ކޭމްޕް ނިމުމަށްފަހު، ކޭމްޕްތެރޭގައި މިފަދަ އެއްވެސް ކަމެއް ހިނގާފައިވާކަން އެއްވެސް ބެލެނިވެރިއަކު ރިޕޯޓްކޮށްފައިނުވާކަމަށެވެ.

"އެހެންކަމުން ދައުރު ވަމުންދާ ޚަބަރާ ގުޅިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މޯލްޑިވްސް ކެޑޭޓް ކޯއާއި ރެހެންދި ސްކޫލު ގުޅިގެން މިކަން އިތުރަށް ބެލި ބެލުމުން، މިއަދު (21 ނޮވެމްބަރު 2022)ގައި މި ސްކޫލު ކެޑޭޓް ކޭމްޕާ ގުޅިގެން ނޫސްތަކުގައި ޝާއިއުކޮށްފައިވާ ޚަބަރަކީ، އެ ޚަބަރުގައި ހާމަކޮށްފައިވާ ބީދައިން ކަން ހިނގާފައިނުވާ، ހަގީގަތެއް ނެތް ވާހަކައެއް ކަމުގައި ދަންނަވަމެވެ. އަދި އެފަދަ ގޮތަކަށް އެއްވެސް ކަމެއް ހިނގާފައި ނުވާކަމުގެ ޔަގީންކަން އަރުވަމެވެ." ބަޔާނުގައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
38%
13%
13%
25%
13%
ކޮމެންޓް
21 ނޮވެންބަރ 2022 | ހޯމަ 23:04
އެމީހަ
ދޮގު
ގުޅުންހުރި