ކ. މާލެ
|
21 ނޮވެންބަރ 2022 | ހޯމަ 21:51
ބިންހެލުން އައި ސަރަހައްދު
ބިންހެލުން އައި ސަރަހައްދު
ރޮއިޓާރސް
އިންޑޮނީޝިޔާއަށް އައި ބިންހެލުން
އިންޑޮނީޝިޔާގެ ޖާވާއަށް ބާރުގަދަ ބިންހެލުމެއް އައިސް 162 މީހުން މަރުވެއްޖެ
ބިންހެލުމުގައި މަރުވާ މީހުންނާއި އަނިޔާވާ މީހުންގެ އަދަދު އަދިވެސް މައްޗަށް އަރާނެކަމަށް ބެލެވޭ

އިންޑޮނީޝިޔާގެ މައި ޖަޒީރާކަމަށްވާ ޖާވާއަށް ބާރުގަދަ ބިންހެލުމެއް އައުމުގެ ސަބަބުން ދިމާވި އެކި ހާދިސާތަކުގައި 162 މީހުން މަރުވެ، 700 އެއްހާ މީހުންނަށް އެކިވަރުގެ އަނިޔާ ވެއްޖެކަމަށް އެގައުމުގެ ނެޝަނަލް ޑިޒާސްޓަރ އޭޖެންސީން ބުނެފިއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސަރވޭގެ ޑާޓާ ދައްކާގޮތުން، 5.6 ގެ ބާރުމިނުގައި ބިންހެލުން އައިސްފައިވަނީ މެންދުރުފަހު އެއްގަޑި އެކާވީސްހާއިރު، ބިމުގެ 10 ވަރަކަށް ކިލޯމީޓަރު އަޑިން، ހުޅަގު ޖާވާގެ އަވަކަށެވެ.

ބިންހެލުމާ ގުޅިގެން ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓި ބޮޑެތި ގެއްލުންތައް ވެފައިވާއިރު، މަރުވި މީހުންނާއި އަނިޔާވި މީހުން އަވަހަށް ހޮސްޕިޓަލަށް ގެންދިއުމަށް އެހީގެ މަސައްކަތުގައި ހަރަކާތްތެރިވި މީހުން މަސައްކަތް ކޮށްފައިވެއެވެ. ބިނަހެލުމުގެ ސަބަބުން ހޮސްޕިޓަލުންވެސް ކަރަންޓް ކެނޑުނު ކަމަށް ވެއެވެ. އެއާއެކު ހޮސްޕިޓަލުން ބޭރުގައި ބައިތިއްބައިގެންވެސް ފަރުވާ ދޭން ފަށާފައިވާ ކަމަށް ވެއެވެ. ވެއްޓިފައިވާ ބައެއް އިމާރާތްތަކުގެ ދަށުވެފައިވާ ކަމަށް ބެލެވޭ މީހުން، އަނދިރިވުމުގެ ކުރިން ސަލާމަތް ކުރެވޭތޯ މެދުކެނޑުމެއްނެތި މަސައްކަތް ކުރިޔަށް ގެންގޮސްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް