ކ. މާލެ
|
21 ނޮވެންބަރ 2022 | ހޯމަ 21:30
ކޮވިޑަށް ޓެސްޓުކުރަނީ
ކޮވިޑަށް ޓެސްޓުކުރަނީ
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ފާއިތުވި ހަފުތާގައި ކޮވިޑް-19ށް ޕޮޒިޓިވްވީ 35 މީހުން
މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 25 މީހުން

ފާއިތުވި ހަފުތާގައި ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވީ 35 މީހުންކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ނޮވެމްބަރ 13ން ނޮވެމްބަރ 19ށް މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 25 މީހުންނެވެ. އަތޮޅުތަކުން 5 މީހުން ޕޮޒިޓިވްވެފައިވާއިރު އެހެން ހިސާބުތަކުންވެސް 5 މީހުން ޕޮޒިޓިވްވެފައިވެއެވެ. ފާއިތުވި ހަފުތާގައި 9 މީހުންނަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވެއެވެ.

އޭގެކުރީ ހަފުތާގައި ކޮވިޑް-19ށް ޕޮޒިޓިވްވެފައިވަނީ 95 މީހުންނެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވަނީ 185،584 މީހުންނެވެ. އަދި 311 މީހުން ވަނީ މިބަލީގައި ނިޔާވެފައެވެ.

- ކޮމެންޓް