Advertisement
ކ. މާލެ
|
17 ނޮވެންބަރ 2022 | ބުރާސްފަތި 07:06
ކަސްޓަމްސްއިން މީގެކުރިން އަތުލައިގަނެފައިވާ މަސްތުވާތަކެތި
ކަސްޓަމްސްއިން މީގެކުރިން އަތުލައިގަނެފައިވާ މަސްތުވާތަކެތި
ރާއްޖެ އެމްވީ
މަސްތުވާތަކެތި އަތުލައިގަތުން
ރާއްޖެއަށް އެތެރެކުރި 15 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި
މި އަހަރުގެ މިހާތަނަށް ޖުމްލަ 17 ކިލޯގެ ކޮކެއިން އަތުލައިގަނެފައިވޭ
މަސްތުވާތަކެތި އެތެރެކުރީ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބްރެޒިލުން ރާއްޖެ އައި އެ ގައުމުގެ އުމުރުން 29 އަހަރުގެ އަންހެނަކު

ބްރެޒިލުން ރާއްޖެ އައި މީހެއްގެ އަތުން 15 މިލިއަން ރުފިޔާގެ ކޮކެއިން ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ އެ މަސްތުވާތަކެތި އެތެރެކުރީ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބްރެޒިލުން ރާއްޖެ އައި އެ ގައުމުގެ އުމުރުން 29 އަހަރުގެ އަންހެނަކު ކަމަށެވެ.

އޭނާ ގެނައި ލަގެޖުގައި ޝައްކު ކުރެެވޭ ޒާތުގެ ބާވަތެއް ހުރުމުން, އިތުރަށް ފާސްކޮށް މަސްތުވާތަކެތި ފެނުނުއިރު އެ ތަކެތި އިތުރަށް ބަލައި ތަހުލީލު ކުރުމުން ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

Advertisement

އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.5 ކިލޯ ހުރިއެވެ.

އެ މީހާ އާއި މަސްތުވާތަކެތި ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މިއީ މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ކޮކެއިން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 10 ވަނަ ފަހަރު ކަމަށް ކަސްޓަމްސް އިން ބުނެއެވެ. ކަސްޓަމްސް އިން ބުނިގޮތުގައި މި އަހަރުގެ މިހާތަނަށް ޖުމްލަ 17 ކިލޯގެ ކޮކެއިން އަތުލައިގަނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް