Advertisement
ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 18:56
ފުލުހުން: ބަނގުރަލާއެކު ދެ ފުލުހަކު ވަނީ ހައްޔަރުކޮށްފައި
ފުލުހުން: ބަނގުރަލާއެކު ދެ ފުލުހަކު ވަނީ ހައްޔަރުކޮށްފައި
މުހައްމަދު ޝަރުހާން
ފުލުހުން
ބަނގުރަލާއެކު ހައްޔަރު ކުރި ދެ ފުލުހުން ދޫކޮށްލައިފި
އެ ދެފުލުހުން ދޫކޮށްލީ ކޯޓުން
އެމީހުން ދޫކޮށްލީ ޝަރުތު ތަކަކާއެކު

ފުލުހުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއެކު އަތުލައިގަތް ދެ ފުލުހުން ކޯޓުން ދޫކޮށްލައިފިއެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަހުގެ 21 ވަނަ ދުވަހު އެ ދެ މީހުން ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއެކުއެވެ. އެނގިފައިވާ ގޮތުގައި އެޝަރުތު ތަކުގެ ތެރޭގައި ތަހުގީގަށް އެއްބާރުލުން ދިނުމަށްވެސް ޝަރުތުކޮށްފައިވެއެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ އެ ދެ ފުލުހުންވެސް މިހާރުވަނީ ސަސްޕެންޑުކޮށްފައެވެ.

ބަނގުރަލާއެކު އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ގެސްޓު ހައުސްއަކުން ކަމަށްވެއެވެ. އެ ދެމީހުން މިނިވަންކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެ ދެ މީހުންގެ ބަންދަށް ކޯޓުން ދިން ފަސް ދުވަސް ހަމަވުމުން ކޯޓަށް ހާޒިރު ކުރުމުންނެވެ.

ޝަރުތުތަކަކާއެކު އެ ދެމީހުން ދޫކޮށްލާފައިވާ އިރު، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމާ ގުޅިގެން އެ ދެ ފުލުހުންވަނީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކޮށްފައެވެ. އަދި އެ މައްސަލަ ދަނީ ބަލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް