Advertisement
ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 16:42
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު ޖައުފަރު ދާއޫދު
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު ޖައުފަރު ދާއޫދު
ޕީޕަލް މެގަޒިން
ފެނަކަ ކޯޕަރޭޝަން
މެމްބަރު ޖައުފަރަށް ފައިސާގެ އެހީއެއްދިން ކަމަށް ބުނާ ވާހަކައަކީ ތެދެއް: ފެނަކަ
ޝަރީފް ވިދާޅުވީ އެއީ ސައްހަ ސިޓީއެއް ކަމަށް
ޝަރީފް ވިދާޅުވީ "28 ޖޫން" ލިޔެވިފައި އެވަނީ ލިޔުމުގެ ކުށަކުން ކަމަށް ރަނގަޅު ގޮތަކީ "28 މެއި" ކަމަށް
ފެނަކައިން ޖައުފަރަށް 25،000ރ ދީފައިވާ ކަމަށް އެސިޓީން ވަނީ ހާމަވެފަ

ފެނަކަ ކޯޕަރޭޝަނުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދަށް ފައިސާގެ އެހީއެއް ދިން ކަމަށް ދެކެވޭ ވާހަކައަކީ ތެދެއް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ ޖައުފަރު ދާއޫދަށް 25،000ރ.ގެ އެހީއެއް ދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ  ފެނަކައިގެ ސިޓީ ގުޅޭ ގޮތުން "ރާއްޖެއެމްވީ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"އެސިޓީއަކީ ސައްހަ ސިޓީއެއް. ކޮންމެ ކަމެއް ވެސް މީޑިއާއަށް އަރައިފި ނަމަ އެކަމަށް އާއްމުން ކޮމެންޓްކޮށް ކަންކަން ކުރާނެ. ހަގީގަތަކީ އެއީ މި ކުންފުނީގެ ސީއެސްއާރު ކޮމްޕޯނަންޓް (އިޖުތިމާއީ ޒިންމާގެ ދަށުން)  އޮންނާނެ ސްޕޮންސަރ ދޭ އުސޫލެއް ކަނޑައަޅާފަ. މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވާނީ ވޮލަންޓްރީ ޖަމްއިއްޔާތަކަށާއި އަދި އަމިއްލަ ފަރުދުން ހިންގާ ބައެއް ހަރަކާތްތަކަށާއި  އަދި ހާއްސަކޮށް ސްކޫލްތަކަށާއި ދީނީ ކަންކަން ހޭލުންތެރި ކުރުމަށް ހިންގާ ހަރަކާތްތަކަށް ސްޕޮންސަރ ދޭ އުސޫލެއް އޮންނާނެ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެއުސޫލްގެ ދަށުން އެ ސްޕޮންސަރ ޖައުފަރަށް ދެއްވާފައިވާނެ ކަމަށެވެ. ޖައުފަރު ދާއޫދަށް ފެނަކައިން 25،000ރ. ހަމަޖައްސައިދިނީ ރ. މާކުރަތުގައި އޭނާ ކޮންމެ އަހަރަކު ބާއްވަވާ ގުރުއާން މުބާރާތަކަށް ދޭ އިނާމުގެ ގޮތުގައި ކަމަށް ވެއެވެ.

ޖައުފަރަށް ފެނަކައިން ފޮނުވި ސިޓީއަށް ބަލާއިރު 25،000ރ. އަށް ވުރެ މާބޮޑު އަދަދެއް އޭނާ އެހީގެ ގޮތުގައި ހޯއްދެވުމަށް އެދިވަޑައިގެންފައިވާ ކަން ވެސް ދޭހަވެއެވެ.

ރަމްޒީ އެހީއެއްގެ ގޮތުގައި ކަމަށްބުނެ ޖައުފަރަށް އެޑްރެސްކޮށް، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކުރައްވާ ފޮނުއްވި ސިޓީގައި މި ފައިސާ ހަމަޖައްސާ މިދެނީ ރަށްރަށުގެ ކަރަންޓުގެ ހާލާތު ރަނގަޅު ކުރުމަށް ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށް ބުނެފައި ވެއެވެ.

ޖައުފަރު ދާއޫދަށް ފެނަކައިން ފައިސާ ހަމަޖައްސައިދިން މައްސަލައިގައި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ މިއީ ކޮރަޕްޝަންގެ ހުތުރު އަމަލެއް ކަމަށް ބުނެ ނުރުހުން ފާޅު ކުރަމުންނެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ އެ ސިޓީގައި ޖޫން 28، 2017 ގައި ޖައުފަރު ފޮނުއްވި ކަމަށް ލިޔެވިފައި ވަނީ ލިޔުމުގެ ކުށަކުން ކަމަށެވެ. ރަނގަޅު ގޮތަކަކީ މެއި 28، 2017 ކަމަށެވެ. 

ސިޔާސީ ބައެއް ފަރާތްތަކަކުން ބުނަމުންދާ ގޮތުގައި، ސަރުކާރަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ގެންދަވަނީ ސިޔާސީ މަންފާތައް ހޯއްދެވުމަށް ސަރުކާރުގެ ކުންފުނިތަކުގެ ނާޖާއިޒް ފައިދާ ވަރަށް ބޮޑަށް ނަންގަވަމުންނެވެ.

މެމްބަރުން ގެންދަވަނީ މެމްބަރުންގެ ނަމުގައި ބޮޑެތި އިނާމުތައް ހުށަހަޅައިގެން ތަފާތު މުބާރާތްތައް ބާއްވަމުންނެވެ. ނަމަވެސް މިފަދަ ބުމާރާތްތަކަށް އިނާމްތައް ދެނީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ސްޕޮންސަރ ހޯދައިގެންނެވެ. މީގެ އިތުރުން ބައެއް ކުންފުނިތަކުން ގިނަ އަދަދެއްގެ މީހުންނަށް ނާޖާއިޒް ގޮތެއްގައި ސިޔާސީ މަންފާ ހޯދުމަށް ވަޒިފާތައް ހަމަޖައްސައިދީފައިވާކަން ވެސް އާއްމުން ގެންދަނީ ފާހަގަ ކުރަމުންނެވެ. ބައެއް މެމްބަރުން ސިޓީ އުރައިގައި ސީދާ ފައިސާ ބަހަމުން ގެންދާކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 ޖޫން 2017 | އާދީއްތަ 15:42
ރ.މާކުރަތު
މި ޤުރުއާން މުބާރާތް މާކުރަތު ސްކޫލްގެ ފަރާތުން ބާއްވާތާ 19 އަހަރު ވެއްޖެ. މީ ޖައުފަރާ ގުޅުމެއް ހުރި މުބާަރާތެއްނޫން. 2016 ވަނަ އަހަރު ޖައުފަރު ވަނީ 50,000 ރުފިޔާގެ އިނާމެއް ޖައުފަރު ދާއޫދުގެ ނަމުގައި މިމުބާރާތައް ދީފައި. އަދި މިއަހަރުވެސް ޖައުފަރު ދާއޫދުގެ ނަމުގައި 50,000 އިނާމެއް ހުށައަޅާފައި. މިއިގުނީތާ މި ދޭފައިސާގެ ހަގީގަތްވެސް. ޝުކުރިއްޔާ ހަގީގަތް ހާމަކޮށްދެއްވި ފަރާތްތަކަށް.