ކ. މާލެ
|
12 ނޮވެންބަރ 2022 | ހޮނިހިރު 22:17
ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން މީހުންގެ ބަޔާން ނަގަނީ
ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން މީހުންގެ ބަޔާން ނަގަނީ
އޮމްބަޑްސްޕާސަން އޮފީސް
ތިނަދޫން މީހުން ބޭލި މައްސަލަ
ތިނަދޫން މީހުން ބޭލި މައްސަލައިގައި އިތުރު 9 މީހުންގެ ބަޔާން ނަގައިފި
 
މިމައްސަލާގައި ޢާންމުކޮށް ހުޅުވާނުލައި މިދިޔަ އޮކްޓޯބަރު މަހުގެ 16ން 26ށް އަޑުއެހުންތައް ކުރިޔަށްގެންގޮސްފައިވޭ

1962 ވަނަ އަހަރު ގދ ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން ޢާންމުކޮށް ހުޅުވާނުލައި ކުރިޔަށްގެންދިޔަ އަޑުއެހުންތަކުގައި އިތުރު ނުވަ މީހެއްގެ ބަޔާން ނަގައިފިއެވެ.

ތިނަދޫއިން މީހުން ބޭލި ޙާދިސާގައި އިންސާނީ ހައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައި ހުރިކަމަށް ބުނާ ކަންކަން ދެނެގަނެ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކާއި އެކަންކަމުގެ ޙަޤީޤަތް ހޯދުމުގެ ގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ގެންދަނީ އަޑުއެހުންތައް ބާއްވަމުންނެވެ. މިމައްސަލައިގައި ޢާންމުކޮށް ހުޅުވާނުލައި މިދިޔަ އޮކްޓޯބަރު މަހުގެ 16ން 26ށް އަޑުއެހުންތައް ކުރިޔަށްގެންގޮސްފައިވެއެވެ.

މި އަޑުއެހުންތައް ބޭއްވުމުގެ މައިގަނޑު މަޤްޞަދުތަކަކީ އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް ހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި، އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ކަމާބެހޭ އިދާރާތަކަށް ބާރުއެޅުމެވެ. އަދި މާޒީގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު މައްސަލަތަކުގެ ޙަޤީޤަތް ހޯދުމުގެ އިތުރުން މި މައްސަލައާ ގުޅިގެން ކުރަމުންދާ ތަޙުޤީޤަށް މަޢުލޫމާތު ހޯދުމެވެ.

ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން މީގެކުރިން އަޑުއެހުންތަކެއް ތިނަދޫގައި ބާއްވާފައިވެއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންދާ މައްސަލަތަކަށް ބަލާއިރު، މައްސަލާގައި އަނިޔާ ލިބިފައިވާ މީހުން ކަމަށް ބަލަނީ, ސީދާގޮތުންނާއި ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބުނު މީހުންނާއި, ނުސީދާ ގޮތުން ނަފްސާނީ އަނިޔާ ލިބުނު މީހުންނާއި, އެއިރުގައި ރަށުގައި ދިރިއުޅުނު މީހުންގެ ތެރެއިން އެ ހާދިސާ ފެނި ތަޖުރިބާކުރެވުނު މީހުންނެވެ. މައްސަލަ ރައްދުވާ ފަރާތްތައްކަމަށް ބަލަނީ ހާދިސާގައި ދައުލަތުގެ ފަރާތުން ހަރަކާތްތެރިވި މީހުންނަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް