މިހާރު ކުރިއަށްދާ މައިލޯ ހަތަރު ވަނަ ގައުމީ ގްރޯން ޕްރީގައި 100 މީޓަރު ދުވުމުން ހަސަން ސާއިދުއާއި މަރިޔަމް ރޫޔާ އަލީ ރަން މެޑަލް ހޯދައިފިއެވެ.
ސާއިދު އޭނާގެ ރަސްމީ އިވެންޓުން ގޯލްޑް މެޑަލް ދިފާއުކުރީ 11.22 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނަ ހޯދި މުޙައްމަދު މިންހާލް ޝާމިން ރޭސް ނިންމީ 11.41 ސިކުންތުންނެވެ. ލޯ މެޑަލް ހޯދީ 11.42 ސިކުންތުން ރޭސް ނިންމި އަހުމަދު ނަޖުދާން އަބުދުالله އެވެ.
100 މީޓަރު އަންހެން ރޭސް ކާމިޔާބުކުރީ މަރިޔަމް ރޫޔާ އަލީއެވެ. ރޫޔާ ރޭސް ނިންމީ 13.01 ސިކުންތުންނެވެ. ރިހި މެޑަލް ހޯދި އަހުނާ ނިޒާރުގެ ވަގުތަކީ 13.03 ސިކުންތެވެ. ލޯ މެޑަލް ހޯދީ 13.08 ސިކުންތުން ރޭސް ނިންމައިގެން ހައްވާ މުޒުނާ ފާއިޒްއެވެ.
ސާއިދު ވަނީ 400 މީޓަރުގެ ރަން މެޑަލްވެސް ދިފާއުކޮށްފައެވެ. އެ ކެޓަގަރީގެ ރަން މެޑަލް ސާއިދު ހޯދީ 50.27 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނަ ހޯދީ އަބުދުالله ރަޝީދު އިސްމާއީލްއެވެ. އޭނާގެ ވަގުތަކީ 51.64 ސިކުންތެވެ. ތިންވަނަ ހޯދީ 52.02 ސިކުންތުން ރޭސް ނިންމި ޒުލް މުޙައްމަދު ސައުދުއެވެ.
400 މީޓަރުގެ އަންހެން ބައިގެ ރޭސް ކާމިޔާބުކޮށް ރަން މެޑަލް ހޯދީ ހައްވާ މުޒުނާ ފާއިޒްއެވެ. އޭނާގެ ވަގުތަކީ އެއް މިނިޓް 00.65 ސިކުންތެވެ. ދެވަނަ ހޯދީ އެއް މިނިޓް 05.00 ސިކުންތުން ރޭސް ނިންމި އައިމިނަތު ލަޔާން މުޙައްމަދެވެ. ލޯ މެޑަލް ހޯދީ ރިފާ މުޙައްމަދެވެ. ރިފާގެ ވަގުތަކީ އެއް މިނިޓް 05.18 ސިކުންތެފެ.
1500 މީޓަރުގައި ހުސެއިން ފަޒީލް ހާރޫން ވަނީ ރަން މެޑަލް ދިފާއުކޮށްފައެވެ. އޭނާ ރޭސް ނިންމީ ހަތަރު މިނިޓް 08:09 ސިކުންތުންނެވެ. 1500 މީޓަރު އަންހެން ބައިން ރަން މެޑަލް ހޯދީ އައިމިނަތު ޖާއިޝާ ޖުނީޒްއެވެެ. އޭނާގެ ވަގުތަކީ ފަސް މިނިޓް 12.90 ސިކުންތެވެ.