ކ. މާލެ
|
10 ނޮވެންބަރ 2022 | ބުރާސްފަތި 22:01
ފުޓްބޯލް އެންތަމް ކިއުމުގައި ބައިވެރިވާ ނޯރާ ފަތޭހީ
ފުޓްބޯލް އެންތަމް ކިއުމުގައި ބައިވެރިވާ ނޯރާ ފަތޭހީ
ވަޔަން
ފުޓްބޯޅަ އެންތަމް
ފީފާގެ އޮފިޝަލް، ފުޓްބޯޅަ ލަވަ ކިއުމުގައި ނޯރާ ފަތޭހީ ބައިވެރިވޭ
ނޯރާ ފަތޭހީއަކީ ޑާންސަރެއް، އެކްޓްރެސްއެއް، މޮޑެލްއެއް އަދި ލަވަކިއުންތެރިއެއް

މޮރޮކޯ އަދި ކެނެޑާގެ ސިޓިޒަންޝިޕް އޮންނަ މަޝްހޫރުއެކްޓްރެސް ނޯރާ ފަތޭހީ ގިނަ މީހުން ދަންނަނީ ކުޅަދާނަ ޑާންސަރެއްގެ ގޮތުގައެވެ. ނަމަވެސް މިފަހަރު އޭނާ ފެނިގެންދަނީ ލަވަކިއުންތެރިއެއްގެ ގޮތުގައެވެ.

އޭނާވަނީ މިމަހު ފެށޭ ފީފާ ވަރލްޑް ކަޕް 2022ގެ ރަސްމީ ފުޓްބޯޅަ އެންތަމް ކިޔުމުގައި މަޝްހޫރު ލަވަކިއުންތެރިޔާ ނިކީ މިނާޖްއާއެކު ބައިވެރި ވެފައެވެ. މިފަހަރުގެ ލަވަޔަށް ދީފައިވާ ނަމަކީ "ލައިޓް ދަ ސްކައި"އެވެ. ލަވަ ވަނީ މިހާރު ޔޫޓިއުބްގައި ޕްރިމިއަރކޮށްފައެވެ.

މިލަވަޔާއެކު، ކުރިން ފުޓްބޯޅަ އެންތަމް ކިޔާފައިވާ ތަރިން ކަމަށްވާ ޖެނިފަރ ލޮޕޭޒްއާއި ޝަކީރާއާ އެއްފެންވަރަކަށް ނޯރާފަތޭހީއަށް އެރުނީއެވެ.

ބޮލީވުޑްގެ އެތައް ފިލްމަކުންވެސް މަޝްހޫރުކަން ހޯދާފައިވާ ނޯރާ ފަތޭހީ ފުޓްބޯޅަ ލަވަކިޔުމުގައި ތަމްސީލް ކުރަނީ އިންޑިޔާ ކަމަށްވެއެވެ. އަދި ވަރލްޑް ކަޕްގެ އޯޕަނިންގގައި އޭނަ ހިންދީ ބަހުން ލަވަކިޔާނެ ކަމަށް ވެސް ޚަބަރުލިބެއެވެ. މިއާއެކު އޭނާ ވެގެން ދާނީ ވަރލްޑް ކަޕެއްގެ ފެށުމުގެ ރަސްމިއްޔާތެއްގައި އިންޑިޔާ ތަމްސީލްކުރި ފުރަތަމަ އެކްޓްރެސްއަށެވެ.

ނޯރާ ފަތޭހީއަކީ ޑާންސް ކުރުމާއި އެކްޓް ކުރުމުގެ އިތުރުން މޮޑެލް ކުރުމުގެ ރޮގުންވެސް މަޝްހޫރުކަން ހޯދާފައިވާ ތަރިއެކެވެ. އޭނާ ބޮޑަށް މަޝްހޫރު ވެފައިވަނީ އިންޑިޔާގެ ފިލްމް އިންޑަސްޓްރީގައި ކޮށްފައިވާ އެކި މަސައްކަތްތަކުންނެވެ.  

- ކޮމެންޓް