Advertisement
ކ. މާލެ
|
10 ނޮވެންބަރ 2022 | ބުރާސްފަތި 07:23
މ. ނިރުފެހި ކިޔާ ގެއެއްގެ އެންމެ ތިރީ ފަންގިފިލާގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެގެން އެސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
މ. ނިރުފެހި ކިޔާ ގެއެއްގެ އެންމެ ތިރީ ފަންގިފިލާގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެގެން އެސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާގައި މީހުން މަރުވުން
އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަދަދު 9ށް، އިތުރު މީހުން އިމާރާތުގެތެރޭގައި ތިބިތޯ އަދިވެސް ބަލަނީ
މަރުވެފައިވާ 4 މީހެއްގެ ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައިވޭ
އަލިފާން ރޯވެގެން މައުލޫމާތު ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު 12:30ހާއިރު
އެތަނުން 14 މީހަކު ސަލާމަތްކޮށްފައިވޭ

ބުދަ ދުވަހުގެ ރޭ މެންދަމު 12:30ހާއިރު އަލިފާން ރޯވި މ. ނިރުފެހިގޭގައި ދިރިއުޅެމުން އައި މީހުންގެ ތެރެއިން 9 މީހުން ނިޔާވެފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އެގޭގައި ދިރިއުޅުނު މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވަނީ އަލިފާން ރޯވިފަހުން އެމީހުންގެ ތެރެއިން 9 މީހުން މަދުކަމަށެވެ. އެތަނުން މިހާތަނަށް 9 މީހުން ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. ރޯވި އިމާރާތުން ދެ މީހަކު ނެރެގެން އެމްބިޔުލަންސްގައި އައިޖީއެމްއެޗް އަށް ގެންގޮސްފައިވެއެވެ. އެތަނުން އެކަކު ނިޔާވެފައިވާއިރު އަނެއް މީހާގެ ހާލު ކްރިޓިކަލް ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.

އަލިފާން ރޯވި ގޭގެ ތެރެއިން މަރުވެފައިވާ 4 މީހެއްގެ ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ. މިހާތަނަށް އެތަނުން 14 މީހަކު ސަލާމަތްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

Advertisement

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެގެން މައުލޫމާތު ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު 12:30 ހާއިރުކަމަށެވެ. ބުދަ ދުވަހުގެ ރޭ މެންދަމު 3:56 ހާއިރު އަލިފާނުގެ 90 އިންސައްތަ ކޮންޓްރޯލްކުރެވިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެމްއެންޑީއެފުން ބުނީ އިމާރާތުން އެއްކޮށް އަލިފާން ނިއްވާލެވުނީ ފަތިހު 4:34 ހާއިރުއެވެ.

ރޯވީ މާފަންނު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި މ. ނިރުފެހި ކިޔާ ގެއެއްގެ އެންމެ ތިރީ ފަންގިފިލާގައި ހުރި ގަރާޖެއްގައެވެ. ތިރީގައި ހުރި ގަރާޖުގައި ރޯވި އަލިފާންގަނޑު އެއިމާރާތަށް ފެތުރިގެންދިޔައެވެ. މިހާދިސާގައި އެއިމާރާތުގައި ވަނީ ވަރަށް ބޮޑަށް ރޯވެ އަނދާފައެވެ. އެއިމާރާތުގެ މަތީގައި ބިދޭސީން ދިރިއުޅެމުން އަންނައިރު އުޅެމުން އަންނަނީ ކިހާ އަދަދެއްގެ ބިދޭސީން ކަމެއް ޔަގީނެއް ނޫނެވެ.

މިހާދިސާއާ ގުޅިގެން ކައިރީ ހުރި ގެތަކުން މީހުން ހުސްކޮށްފައިވެއެވެ. ކައިރި އިމާރާތްތަކަށްވެސް އަލިފާނުގެ އަސަރުކޮށްފައިވެއެވެ. ދުމުގެ އަސަރު މީހުންނަށްކޮށްގެން ބައެއް މީހުންނަށް ފަރުވާދީފައިވެއެވެ. ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދުގައި ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަންނަނީ ހަރަކާތްތެރިވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް