Advertisement
ކ. މާލެ
|
10 ނޮވެންބަރ 2022 | ބުރާސްފަތި 04:46
މ. ނިރުފެހި ކިޔާ ގެއެއްގެ އެންމެ ތިރީ ފަންގިފިލާގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެގެން އެސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
މ. ނިރުފެހި ކިޔާ ގެއެއްގެ އެންމެ ތިރީ ފަންގިފިލާގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެގެން އެސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
މާލޭގެ ގެޔެއްގައި އަލިފާން ރޯވުން
އަލިފާނުގެ ހާދިސާ ހިނގި އިމާރާތުން ދެ މީހަކު ހޮސްޕިޓަލަށް ގެންގޮސްފި
ބުދަ ދުވަހުގެ ރޭ މެންދަމު 3:56 ހާއިރު އަލިފާނުގެ 90 އިންސައްތަ ކޮންޓްރޯލްކުރެވިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައި
އިމާރާތުން ދެމީހެއްގެ ހަށިގަނޑު ނެރެގެން އެމްބިޔުލަންސް އަށް އެރުވި މަންޒަރު ފެނިފައިވޭ

ބުދަ ދުވަހުގެ ރޭ އަލިފާންރޯވި މ.ނިރުފެހި ގެއިން ދެމީހަކު ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އެސަރަހައްދުގައި ހަރަކާތްތެރިވި "ރާއްޖެއެމްވީ"ގެ ނޫސްވެރިންނަށް ވަނީ އެއިމާރާތުން ދެމީހެއްގެ ހަށިގަނޑު ނެރެގެން އެމްބިޔުލަންސް އަށް އެރުވި މަންޒަރު ފެނިފައެވެ. އެއީ އަންހެނެއްކަމެއް ނުވަތަ ފިރިހެނެއްކަމެއް އަދި ދިވެހިންކަމެއް ނުވަތަ ބިދޭސީންކަމެއް ސާފެއް ނޫނެވެ. މިކަމާއި ގުޅޭގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އަދި މައުލޫމާތު ދީފައެއްނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވި އިމާރާތުގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެގެން މައުލޫމާތު ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު 12:30ހާއިރުކަމަށެވެ. ބުދަ ދުވަހުގެ ރޭ މެންދަމު 3:56 ހާއިރު އަލިފާނުގެ 90 އިންސައްތަ ކޮންޓްރޯލްކުރެވިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އިމާރާތުގައި އިތުރު މީހުން ތިބިތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަނީ ބުނެފައެވެ.

Advertisement

ރޯވީ މާފަންނު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި މ. ނިރުފެހި ކިޔާ ގެއެއްގެ އެންމެ ތިރީ ފަންގިފިލާގައި ހުރި ގަރާޖެއްގައެވެ. ތިރީގައި ހުރި ގަރާޖުގައި ރޯވި އަލިފާންގަނޑު އެއިމާރާތަށް ފެތުރިގެންދިޔައެވެ.  މިހާދިސާގައި އެއިމާރާތުގައި ވަނީ ވަރަށް ބޮޑަށް ރޯވެ އަނދާފައެވެ.

މިހާދިސާއާ ގުޅިގެން ކައިރީ ހުރި ގެތަކުން މީހުން ހުސްކޮށްފައިވެއެވެ. ކައިރި އިމާރާތްތަކަށްވެސް އަލިފާނުގެ އަސަރުކޮށްފައިވެއެވެ. ދުމުގެ އަސަރު މީހުންނަށްކޮށްގެން ބައެއް މީހުންނަށް ފަރުވާދީފައިވެއެވެ. ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދުގައި ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އަލިފާން ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައިނުވާއިރު, ލިބުނު ގެއްލުންތައް ވެސް އަދި ސާފެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް