Advertisement
ކ. މާލެ
|
10 ނޮވެންބަރ 2022 | ބުރާސްފަތި 04:50
މ. ސެންރޯސް ކިޔާ ގެއެއްގެ އެންމެ ތިރީ ފަންގިފިލާގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެފައި
މ. ސެންރޯސް ކިޔާ ގެއެއްގެ އެންމެ ތިރީ ފަންގިފިލާގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެފައި
އެމްއެންޑީއެފް
މ. ސެންރޯސް ގައި ހިނގި އަލިފާނުގެ ހާދިސާ
ގަރާޖުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
އަލިފާން ރޯވެގެން މައުލޫމާތު ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު 12:30ހާއިރު
އަލިފާން ރޯވި އިމާރާތުން އަނިޔާވެފައިވާ ދެ މީހަކު އެމްބިޔުލަންސް އަށް އެރުވި މަންޒަރު ފެނިފައިވޭ

މާލޭގެ ގަރާޖެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

ބުދަ ދުވަހުގެ ރޭ ރޯވެފައިވަނީ މާފަންނު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި މ. ސެންރޯސް ކިޔާ ގެއެއްގެ އެންމެ ތިރީ ފަންގިފިލާގައި ހުރި ގަރާޖެއްގައެވެ. ތިރީގައި ހުރި ގަރާޖުގައި ރޯވި އަލިފާންގަނޑު އެއިމާރާތަށް ފެތުރިގެންދިޔައެވެ. އަދި އަލިފާންގަނޑު ނިއްވާލިފަހުން އަލިފާން ރޯވި އިމާރާތުން އަނިޔާވެފައިވާ ދެ މީހަކު އެމްބިޔުލަންސް އަށް އެރުވި މަންޒަރު އެސަރަހައްދުގައި ހަރަކާތްތެރިވި "ރާއްޖެއެމްވީ"ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެގެން މައުލޫމާތު ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު 12:30ހާއިރުކަމަށެވެ. އަލިފާންގަނޑު ނިއްވާލާފައިވަނީ ދަންވަރު 2:15 ހާއިރުއެވެ. މިހާދިސާގައި އެއިމާރާތުގައި ވަނީ ވަރަށް ބޮޑަށް ރޯވެ އަނދާފައެވެ.

Advertisement

މިހާދިސާއާ ގުޅިގެން ކައިރި ހުރި ގެތަކުން މީހުން ހުސްކޮށްފައިވެއެވެ. ކައިރި އިމާރާތްތަކަށްވެސް އަލިފާނުގެ އަސަރުކޮށްފައިވެއެވެ. ދުމުގެ އަސަރު މީހުންނަށްކޮށްގެން ބައެއް މީހުންނަށް ފަރުވާދީފައިވެއެވެ. ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދުގައި ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ހާލުގައި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާންރޯވި އިމާރާތުގައި ގިނަ އަދަދެއްގައި ބިދޭސީން ދިރިއުޅެއެވެ.

އަލިފާން ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައިނުވާއިރު, ލިބުނު ގެއްލުންތައް ވެސް އަދި ސާފެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް