Advertisement
ކ. މާލެ
|
8 ނޮވެންބަރ 2022 | އަންގާރަ 13:45
ރައީސުލްޖުމްހޫރިއްޔާ، މާލެ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުން
ރައީސުލްޖުމްހޫރިއްޔާ، މާލެ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުން
ރައީސް އޮފީސް
ރައީސްގެ ޑައިޓް ޕްލޭން
ރައީސްގެ ޑައިޓް: ހެނދުނަށް އޯޓްސް ސްމޫތީ، މެންދުރަށް ގަރުދިޔައާއި ބަތް
5:30 ހާއިރު ކޮންމެ ދުވަހަކުވެސް ކަސްރަތުކުރައްވާކަމަށް ރައީސް ވިދާޅުވި
ރޭގަނޑު ހަތްގަޑި ބައިގެ ކުރިން ކެއިން ބައްލަވާކަމަށް ވިދާޅުވި

ބަލިތަކުން ރައްކާތެރިވުމަށް ދިރިއުޅުމުގެ އާދަތައް އެގޮތަށް ބައްޓަންކޮށް ހަރަކާތްތެރިވެ އުޅުމާއި ކަސްރަތުކުރުމަށް އިސްކަންދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތަކުގެ މަޢުލޫމާތު ހާމަކުރުމަށާއި، ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލު ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް އިފްތިތާޙުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނުގެ ޑައިޓް ޕްލޭން ހިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ދުވަސް ފައްޓަވަނީ ކަސްރަތުންކަމަށެވެ. އެގޮތުން 5:30 ހާއިރު ކޮންމެ ދުވަހަކު ވެސް ކަސްރަތުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ހެނދުނު މާގިނަ ނާސްތާ އެއް ނޯންނަކަމަށާއި ބައްލަވަނީ އޯޓްސް ސްމޫތީ އާއި ފަޅޯކޮޅެއް އެކަނިކަމަށް ރައީސް ވިދާޅުވިއެވެ.

މެންދުރު ގަރުދިޔަޔާއި ބަތާ. ރޭގަނޑު ހަތްގަޑި ބައިގެ ކުރިން އަޅުގަނޑު ކަން. އަޅުގަނޑުގެ ޑައެޓް ދުވާލަށް ނިމުނީ އެ. ފަހަރުގައި ވެދާނެ މިއީ އެންމެ ރަނގަޅުނޫން ގޮތްކަމަށް. އެކަމަކު މިކަހަލަ ގޮތެއް ހިފެހެއްޓީމަ، އަޅުގަނޑު ހިތުން މިކަހަލަ ގޮތަކަށް މީހާ ފެނުމަކީ އެކަށީގެންވާ ކަމެއް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ ޞިއްޙީ ކަންކަމަށް ހިނގާ ޚަރަދަށް ބަލާއިރު، އަދިވެސް އެންމެ ބޮޑު ބައެއް ހޭދަވަނީ ބަލިވުމުން ބޭސްކުރުމަށް ކަމަށާއި މި އާދަ ބަދަލުކުރަން ޖެހޭކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް