Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
7 ނޮވެންބަރ 2022 | ހޯމަ 17:09
ކޭއާރްއެޗްގައި ލެޕަރޮސްކޯޕިކް އޮޕަރޭޝަން ކުރަން ފެށުން
ކޭއާރްއެޗްގައި ލެޕަރޮސްކޯޕިކް އޮޕަރޭޝަން ކުރަން ފެށުން
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ކޭއާރްއެޗްގައި ލެޕަރޮސްކޯޕިކް ޚިދުމަތް ފެށުން
ކޭއާރްއެޗްގައި ލެޕަރޮސްކޯޕިކް އޮޕަރޭޝަން ކުރަން ފަށައިފި
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ލެޕަރޮސްކޯޕިކް އޮޕަރޭޝަން ކުރަން ފެށީ އައިޖީއެމްއެޗްގެ ޓީމަކާ ގުޅިގެން
އަމާޒަކީ ދާއިމީކޮށް މި ޚިދުމަތް ކޭއާރްއެޗުން ދެމުން ދިއުން

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ލެޕަރޮސްކޯޕިކް އޮޕަރޭޝަން ކުރަން ފަށައިފިއެވެ. ލެޕަރޮސްކޯޕިކް އޮޕަރޭޝަނަކީ ބޮޑު ތަނެއް ކަފާލުމުގެ ބަދަލުގައި ބަނޑުގައި ލޯވަޅެއް ނުވަތަ ލޯވަޅުތަކެއް އަޅައިގެން ކުރާ އޮޕަރޭޝަންތަކެވެ.

މިއޮޕަރޭޝަންތައް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަށާފައިމިވަނީ އައިޖީއެމްއެޗާ ގުޅިގެންނެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިއަދު ކުރި ލެޕަރޮސްކޯޕިކްގެ ފުރަތަަމަ އޮޕަރޭޝަން ވަރަށް ކާމިޔާބުކަމަށް، މިއޮޕަރޭޝަންގައި ބައިވެރިވި ޑޮކްޓަރުންގެ ޓީމުން ވިދާޅުވިއެވެ. މިޓީމްގައި ހިމެނިވަޑައިގަންނަވަނީ އައިޖީއެމްއެޗްގެ ޝާޖަރީގެ ހެޑް އަދި ޕްލާސްޓިކް ސާޖަރީގެ ފުރަތަމަ ސަބް ސްޕެޝަލިސްޓު ޑރ. މުހައްމަދު ވަހީދު، ސީނިއަރ ލެޕަރޮސްކޯޕިކް ސާޖަން ޑރ. އުބެއިދު އަދި ހޭނައްތާ ޑޮކްޓަރު، ޑރ .އިސްމާއިލްގެ އިތުރުން ލެޕަރޮސްކޯޕިކް ނާސިން އިންޗާރޖް ފާތުމަތު ޝިއުމާއެވެ.

މިއަދުގެ އޮޕަރޭޝަން އަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ޑރ. ވަހީދު ވިދާޅުވީ މިއަދު އައިޖީއެމްއެޗްގެ ޓީމެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިއާރަތް ކޮށް މިއޮޕަރޭޝަން ކުރަން ފެށިނަމަވެސް މަޤްޞަދަކީ ކޭއާރުއެޗް ގެ ޑަކްޓަރުންނާއި ނަރުހުން މިކަމަށް ތަމްރީނުކޮށް ދާއިމީ ގޮތެއްގައި އޮޕަރޭޗަންތައް ކުރެވެމުން ދިއުންކަމަށެވެ.

Advertisement

މިއޮޕަރޭޝަންތަކަށް ހާއްޞަ ޑރ .އުބޭދު ވިދާޅުވީ މިއީ އެޑްވާންސް ސާޖަރީއެއްކަމާއި މިހިދުމަތަކީ ރައްޔިތުން ވަރަށް ބޮޑަށް އެދި އެދި ތިބިކަމެއްކަމަށެވެ. އެގޮތުން މިހާރު ސަރުކަރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީކުރާ ޓާޝަރީ ހޮސްޕިޓަލްތަކުން މިހިމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއްކަމުގައި ވިދާވިއެވެ. އަދި މިގޮތަށް އޮޕަރޭޝަން ކުރެވުމުން ބަލިމީހާއަށް އެތައް ފައިދާތަކެއް ލިބޭކަމަށާއި، އެގޮތުން ބަލިއެދުގައި ގިނަދުވަހު އޮންނަން ނުޖެހި އާންމު ދިރިއުޅުމަށް ރުޖޫއަވެވި، އެމީހަކު ކުރާ މަސައްކަތަށް އަވަހަށް ނިކުތުމަށް ފުރުޞަތު ލިބޭކަމަށް ޑރ. އުބޭދު ވިދާޅުވިއެވެ. ކުޅުދުއްފުށިގެ ޑަކްޓަރުންނާއި ނަރުހުން މިއޮޕަރޭޝަންތަކަށް ތަމްރީން ކުރެވެންދެން އައިޖީއެމްއެޗް އާއި ކޭއާރުއެޗް ގުޅިގެން ދެމެހެއްޓެނިވިގޮތެއްގައި މިއޮޕަރޭޝަންތައް ކުރެވޭނެ ގޮތަކަށް އިންތިޒާމް ކުރެވިފައިވާކަމަށާއި، ގާތްގަނޑަކަށް 4 ވަރަކަށް މަސްތެރޭ ކޭއާރުއެޗްގެ ޑަކްޓަރުންނާއި ނަރުހުން ތަމްރީނުކޮށް އިމަޖެންސީ ކޭސްތަކަށް އެޓެންޑް ކުރެވެން ފެށޭނެކަމަށް ލަފާކުރެވޭކަމަށް ޑރ. އުބޭދު ވިދާޅުވިއެވެ.

ޑރ. އުބޭދުވިދާޅުވީ މީހުންގެ ތަމްރީނުތަކާއެކު މެޝިނަރީޒް އަށް ވެސް ގެންނަންޖެހޭ ތަރައްޤީތައް ގެނެވޭނެކަމަށާއި، މިހާރު ހުރި ސިސްޓަމުން ޖެނެރަލް އޮޕަރޭޝަންތަކާއި، އެޕެންޑިކްސް އާއި ހާނިޔާ އަދި މިނޫންވެސް މިފަދަ ބައެއް އޮޕަރޭޝަންތައް ކުރެވޭނެކަމަށެވެ.

ކޭއާރުއެޗްގައި ލެޕަރޮސްކޯޕިކް އޮޕަރޭޝަން ކުރަން ފެށުން - ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ އަހުމަދު ދާއޫދު ވިދާޅުވީ މިއަދަކީ ކޭއާރުއެޗްއަށް ވަރަށް އުފާވެރި ދުވަހެއްކަމަށެވެ. އެގޮތުން މިއޮޕަރޭޝަން ތައް ފެށުމަށް އައިޖީއެމްއެޗުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިއީ ކޭއާރުއެޗުން ހިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއްކަން ފާހަގަ ކޮށް ހޮސްޕިޓަލަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމުގައި ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް