Advertisement
ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 03:48
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަޙްލޫފު
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަޙްލޫފު
ޕީޕަލް މެގަޒިން
މަހްލޫފް
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އުފާވެރި މަންޒަރު ފެންނާނެ: މަޙްލޫފު
މައުމޫނު އޭސީސީއަށް ހާޒިރުކުރަނީ ބިރުދެއްކުމަށް
އޭސީސީއަށް ހާޒިރުކުރަން ޖެހުމަކީ ރައީސް ޔާމީނުގެ ބާރު ނެތްކަން ދޭހަވާ ކަމެއް
މިއީ އެއްވެސް ތާކުންތާކު ޖެހޭ ކަމެއް ނޫން

ވަގުތު އަންނަނީ ވަރަށް ކުޑަތަން ވަމުން ކަމަށާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އުފާވެރި މަންޒަރުތައް ފެނިގެންދާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ.

 

ރާއްޖެޓީވީއާ ވާހަކަދައްކަމުން މަޙްލޫފު ވަނީ މަޖިލީހުގެ އިތުރު މެމްބަރުން ވެސް އިދިކޮޅު ފަރާތްތަކުގެ މަސައްކަތާ ގުޅުމަށް ގޮވަލައްވާފައެވެ. އެހެންނަމަވެސް އެ އުފާވެރި މަންޒަރަކީ ކޮބައި ކަމެއް މަހްލޫފު ވިދާޅެއް ނުވެއެވެ.

 

އެއްވެސް ރައްޔިތަކު ކަންބޮޑު ނުވުމަށާއި އިދިކޮޅު ފަރާތްތަކަށް މިހާރު ވެސް ދެމުންގެންދާ އެއްބާރުލުން އިތުރުކުރުމަށް މަހުލޫފު އެދިވަޑައިގަތެވެ.

 

މަހުލޫފު ވިދާޅުވީ 10 އަހަރުވީ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އޭސީސީއަށް ހާޒިރުކުރަން ޖެހުމަކީ ރައީސް ޔާމީނަށް އެމަނިކުފާނުގެ ބާރު ނެތްކަމާއި ބަލިކަށިވެއްޖެކަން ޔަގީންވާ ކަމެއް ކަމަށެވެ. ރައީސް މައުމޫނު މާލެ ވަޑައިގެންނެވީ ހައްޔަރު ކޮށްފާނެތީ ބިރުފުޅުނުގަންނަ ކަމަށް ވިދާޅުވަމުން ދަނިކޮށް ކަމަށާއި އެގޮތަށް ޗެލެންޖު ކުރެއްވުމަށް ފަހު ރައީސް މައުމޫން މާލެ ވަޑައިގަތުމުން ރައީސް ޔާމީނަށް "ހަޖަމް" ނުކުރެއްވުނީ ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.

 

ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގޭ 2007 އަދި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި، އޭރު ރައީސް ކަމުގައި ހުންނެވި ރައީސް މައުމޫނަށް އޭސީސީއިން ފޮނުވި ސިޓީގައި ބުނެފައި ވަނީ ބަޔާން ދެއްވުމަށް ފަސޭހަފުޅު ވަގުތެއް އަންގަވައި ދެއްވުމަށެވެ. އޭސީސީން ބުނެފައި ވަނީ އެމަނިކުފާނު ހާޒިރުނުކުރައްވާނެ ކަމަށާއި ބަޔާން ނެގުމަށް އޭސީސީން އެމަނިކުފާނުގެ އަރިހަށް ދާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ ބަޔާން ދެއްވުމަށް އޭސީސީއަށް ވަޑައިގަންނަވާނީ އެމަނިކުފާނު ކަމަށާއި މީޑިޔާވެސް ތިބެންޖެހޭނެ ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް