ޓެކްސީއަކާއި އެމްޓީސީސީގެ ޓްރަކެއް ޖެހި ކުޅުދުއްފުށީ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުގައި ހިނގި މި އެކްސިޑެންޓުގައި ޓެކްސީ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ޓްރަކަށް ވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓު ހިނގި ވަގުތު ޓެކްސީގައި އިނީ ޑްރައިވަރު އެކަންޏެވެ. އަދި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ފުލުހުން ދަނީ މި އެކްސިޑެންޓު ހިނގި ގޮތް ތަޙްޤީޤު ކުރަމުންނެވެ.