Advertisement
ކ. މާލެ
|
23 ޖޫން 2017 | ހުކުރު 23:26
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ރާއްޖެޓިވީއަށް މައުލޫމާތު ދެނީ
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ރާއްޖެޓިވީއަށް މައުލޫމާތު ދެނީ
އަޒުމޫން އަހުމަދު
މެންބަރު ސައުދު
ފުލުހަށް ހާޒިރުކުރީ އެއްވެސް އަސްލެއް ނެތް މައްސަލައެއްގައި: ސައުދު
ސައުދު ހާޒިރުކުރީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު މައްސަލައެއްގެ ތުހްމަތުގައި
ސައުދު ވަނީ މި މައްސަލާގެ ބަޔާން ދީފައި
ސައުދު ވަނީ ރައީސް ޔާމީން ފެކްޝަން ދޫކޮށްލައްވައި، ގުޅިފައިވާ ކޯލިޝަނާއެކު އިސްލާހީ މަސައްކަތުގައި ހަރަކާތްތެރިވާން ފަށާފައި

 ފުލުހަށް ހާޒިރުކުރީ އެއްވެސް އަސްލެއް ނެތް މައްސަލައެއްގައި ކަމަށް ވިލިނގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

 

ހުކުރު ދުވަހުގެ ރޭ ސައުދު ފުލުހަށް ހާޒިރުކޮށްފައި ވަނީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު މައްސަލައެއްގެ ތުހްމަތުގައެވެ. މި މައްސަލާގައި ހުކުރު ދުވަހުގެ ރޭ ވެސް ވަނީ ސައުދާ ސުވާލުކޮށް ބަޔާން ނަގައިފަ އެވެ. 

 

ފުލުސް އޮފީހުން ނުކުމެ ވަޑައިގެން ސައުދު ވިދާޅުވީ މި މައްސަލާގައި ފުލުހުން އިތުރަށް ސާފްކުރަން ޖެހޭ މައުލޫމާތެއް އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. 

 

" އަޅުގަނޑަކަށް ދެން ގަބޫލެއް ނުކުރެވޭ އިތުރަށް ހާޒިރުވާން ޖެހޭނެ ކަމަށް، ހާޒިރުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް " ސައުދު ވިދާޅުވީއެވެ.

 

ސައުދުގެ ގާނޫނީ ވަކީލް ވިދާޅުވީ މި މައްސަލައަކީ އެއްވެސް އަސްލެއް ނެތް މައްސަލައެއްކަން ފުލުހުންނަން މިހާރު އިނގޭނެކަމަށެވެ. އަދި މި މައްސަލާގައި ދައުވާ ކުރަން ފޮނުވާނެ ކަމަށް ވެސް ގަބޫލުނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

 

އައްޑޫ މީދޫގައި ހުންނަ ހައި ކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވަނިކޮށް ފަނޑިޔާރު ޝުޖާއު  މާލެ އަށް ގެންނެވީ އޭނާ އަވަހާރަކޮށްލަން ބަޔަކު ރޭވި މައްސަލައާ ގުޅިގެން ކަމަށް ވެ އެވެ.

 

އެނގިފައިވާ ގޮތުގައި ޝުޖާއު އަށް ހަމަލާ ދޭން އުޅުނު މައްސަލައެއް ފެންމަތިވީ، ބަޔަކު އެކަމަށް ރާވައިގެން ދެއްކި ވާހަކަތަކެއްގެ އޯޑިއޯ ރެކޯޑިންއެއް ލީކުވުމާ ގުޅިގެންނެވެ.

 

ސައުދުއަކީ ކުރިން ރައީސް ޔާމީން ފެކްޝަންގައި އުޅުއްވި ބޭފުޅެކެވެ. ނަމަވެސް، އޭނާގެ މައްޗަށް ތުހްމަތުކޮށް ޕޮލިހަށް ހާޒިރުކުރަން ފެށީ، ރައީސް މައުމޫނު ފެކްޝަން ދޫކޮށް، ގުޅިފައިވާ ޕާޓީތަކާއެކު އިސްލާހި މަސައްކަތުގައި އޭނާ ހަރަކާތްތެރިވެވަޑައިގަންނަވަން ފެށުމާއެކު އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް