Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
4 ނޮވެންބަރ 2022 | ހުކުރު 16:01
މާރިޔާ ކުޅުދުއްފުއްޓައް ވަޑައިގަތުން
މާރިޔާ ކުޅުދުއްފުއްޓައް ވަޑައިގަތުން
ކުޅުދުއްފުށި ސިޓީ ކައުންސިލް
މިނިސްޓަރ މާރިޔާ ކުޅުދުއްފުއްޓަށް ވަޑައިގަތުން
ޑިފެންސް މިނިސްޓަރ މާރިޔާ ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފި
މިނިސްޓަރ ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ ނަސްރުގެ ދުވަހުގެ ހަރަކާތް ތަކުގައި ބައިވެރިވެ ވަޑައިގަތުމަށް

ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަހުމަދުދީދީ ހުކުރުދުވަހު ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަންނަވައިފި އެވެ. މިނިސްޓަރ ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ މިއަހަރުގެ ނަސްރުގެ ދުވަހުގެ ހަަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

މިނިސްޓަރު މާރިޔާ މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ދެންނެވީ، މޭޔަރ މުޙައްމަދު އާތިފްއާއި ކައުންސިލް މެމްބަރުންނާއި މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފެވެ.

މިއަހަރުގެ ނަސްރުގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޖަލާލުއްދީން ސްކޫލު ގުޅިގެންނެވެ. މިއަހަރުވެސް ކުލަގަދަ ގޮތެއްގައި ނަޞްރުގެ ދުވަސް ކުޅުދުއްފުށީގައި ފާހަގަކުރާއިރު ރޭ ވަނީ ދުވަހާ ގުޅޭ ހާއްސަ ޖަލްސާ ބާއްވާފަ އެވެ.

Advertisement

މިއަދު ހަވީރު ސިފައިންގެ ޕެރޭޑް ކުޅުދުއްފުށި އަމީނީމަގުގައި ކުރިއަށްދާނެ އެވެ. އަދި މިރޭ ރަށްމަތިފަންނުގައި ހަވާ އެރުމުގެ ހަރަކާތްވެސް ކުރިއަށްދާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

މީގެއިތުރުން ނަސްރުގެ ދުވަސް ފާހަގަކުރުމަށް ސްކޫލްތަކުގެ މެދުގައި ވާހަކަ ދެއްކުމުގެ މުބާރާތަކާއި ސުވާލުމުބާރާތެއް ވަނީ ކުރިއަށް ގެންގޮއްސައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް