Advertisement
ކ. މާލެ
|
23 ޖޫން 2017 | ހުކުރު 16:20
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ޝަރީފް
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ޝަރީފް
މިހާރު
ފެނަކަ ކޯޕަރޭޝަން
ފެނަކައިން 25،000 ރުފިޔާގެ ރަމްޒީ އެހީއެއް ޖައުފަރު ދާއޫދަށް ދޭން ނިންމާފި
އެހީ ދީފައި ވަނީ ރ. މާކުރަތުގައި ގުރުއާން މުބާރަތް ބޭއްވުމަށް
ކުންފުނީގެ ޙަރަދުތައް ބޮޑުކަމުން ، އެހީދޭން ނިންމީ ރަމްޒީ އެހީއެއްގެ ގޮތުގައި

ފެނަކަ ކޯރޕަރޭޝަން ލިމިޓެޑުން ރަމްޒީ އެހީއެއްގެ ގޮތުން ފަންސަވީސް ހާސް ރުފިޔާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދަށް ދިނުމަށް ނިންމއިފިއެވެ.

މެމްބަރު ޖައުފަރަށް ފަންސަވީސް ހާސް ރުފިޔާ ދޭން ނިންމާފައިވާކަން ހާމަވެފައި  ވަނީ ރ. މާކުރަތުގައި ކޮންމެ އަހަރަކު ބާއްވަމުން ގެންދަވާ ޤުރުއާން މުބާރަތް ބޭއްވުމަށް އެހީއަކަށް އެދި 28 ޖޫން2007 ގައި ޖައުފަރު ފެނަކަ ކޯޕަރޭޝަނަން ފޮނުވި ސިޓީގެ ޖަވާބުގައެވެ. ފެނަކަ ކޯޕަރޭޝަނަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ސޮއިކޮށް ޖޫން މަހުގެ 18 ގައި ޖައުފަރު ދާއޫދަށް ފޮނުވި ސިޓީގެ ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ.

އެ ސިޓީގައި ބުނެފައި ވަނީ މެމްބަރު ޖައުފަރު އިސްނަގައިގެން މާކުރަތުގައި ބާއްވާ ގުރުޢާން މުބާރަތް ދީލަތި އެހީ ފެނަކައިން ދޭން ބޭނުންވާ ކަމަށެވެ. ރޯދަމަހަށް ރަށްރަށުގެ ކަރަންޓް ހާލަތު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެކުންފުނިން ކުރަމުންދާތީވެ، މި ދަނޑިވަޅަކީ ޙަރަދުތައް ބޮޑު ދަނޑިވަޅެއް ކަމަށެވެ.

އެހެންނަވެސް ކުންފުނީގެ މާލީ ހާލަތު ތަންދޭ މިންވަރުން ރަމްޒީ އެހީއެއްގެ ގޮތުގައި ފަންސަވީސް ހާސް ރުފިޔާ ދޭން ނިންމާފައިވާ ކަމަށްވެސް މި ސިޓީގައި ބުނެފައިވެއެވެ. މި ކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ރަސްމީ ބަހެއް ، އަދި ޖައުފަރު ދާއޫދުގެ ރަސްމީ ބަހެއް ވެސް ލިބޭ ގޮތް ވަނީ ނުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
23 ޖޫން 2017 | ހުކުރު 19:10
އަލަމާ
މީހުންގެބަސް ހޯދާނެކަމެއްނެތް ހިތައްއެރިއެއްޗެއް ލިޔެލާ މިހާރުވެސް ލިޔެ ތި ނަގޏީނު, މި ނޫހަކަށް ތެދެއް ދޮގެއް ބޭނުމެއް ނުބާނެއްނު ހެހެހެހެ މަޖާ