Advertisement
ކ. މާލެ
|
23 ޖޫން 2017 | ހުކުރު 13:54
އެކްސިޑެންޓްވި ޕިކަޕްގެ ކުރި ހަލާކުވެފައި
އެކްސިޑެންޓްވި ޕިކަޕްގެ ކުރި ހަލާކުވެފައި
ޓްވިޓަރ
އައްޑޫ އެކްސިޑެންޓް
އައްޑޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެނެސްފި
އެކްސިޑެންޓްގައި އަނިޔާލިބިފައިވަނީ ސައިކަލްގައި ތިބި ދެ މީހުންނަން
އެކްސިޑެންޓް ހިނގާފައި ވަނީ ހިތަދޫ ބޮޑު މަގުގައި
ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގައި

އައްޑޫ ސިޓީ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ދެ ޒުވާނުން އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގަނެސްފިއެވެ.

އައްޑޫ އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުން މާލެގެނެސްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އެ ދެ މީހުންނަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.

އުމުރުން 22 އަހަރާއި 18 އަހަރުގެ ދެ ޒުވާނުންގެ ބޮލަށް ލިބުނު ޒަހަމްތަކާ ގުޅިގެން އެ މީހުންނަށް ވަނީ އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދީފަ އެވެ.

 މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ބުރާސްފަތި ދުވަހު އިރު އޮއްސުނު ވަގުތު ހިނގި މި އެކްސިޑެންޓްގައި އަނިޔާ ލިބިފައި ވަނީ ސައިކަލްގައި ތިބި ދެ މީހުންނަށެވެ. މި އެކްސިޑެންޓްގައި ޕިކަޕް ޑްރައިވަރަށް އަނިޔާއެއް ނުލިބެއެވެ. ނަމަވެސް އޭނާގެ ޕިކަޕަށް ވަނީ ގެއްލުން ލިބިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް