ކ. މާލެ
|
29 އޮކްޓޯބަރ 2022 | ހޮނިހިރު 21:11
މޫސުން
މޫސުން
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ގއ އަތޮޅުން ފެށިގެން ގދ އަތޮޅަށް ވައިޓް އެލާޓް
ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ

ގއ އަތޮޅުން ފެށިގެން ގދ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހޮނިހިރު ދުވަހުގެ ރޭ 20:45ން ފެށިގެން މެންދަމު 2 ޖެހުމާ ހަމައަށް އެސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. އެވަގުތުތަކުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށާ އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް ބުނެފައި ވެއެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިިގެއަސަރު ކުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް