Advertisement
ކ. މާލެ
|
23 ޖޫން 2017 | ހުކުރު 07:14
އިއްސެ މަރާލާފައި އޮތް އިހަވަންދޫ އައިސްޕްލާންޓް
އިއްސެ މަރާލާފައި އޮތް އިހަވަންދޫ އައިސްޕްލާންޓް
ފޭސްބުކް
އިއްސެގެ މަރު
އިސްމާއިލްގެ މަރު: ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދައިފި
ފުލުހުން ވަނީ ރަށުގެ އެކި ސަރަހައްދު ބަލާ ފާސްކޮށްފަ
ފުލުހުން ބަލާ ފާސްކުރަނީ ހައްޔަރުކުރި ބިދޭސީންގެ ހާޒިރުގައި

ހ.އ އިހަވަންދޫގައި ހިންގާ ހާއްސަ އޮޕަރޭޝަނުގައި ފުލުހުން ގިނަ އަދެދެއްގެ ފައިސާ ހޯދައިފިއެވެ.

 

މި އޮޕަރޭޝަން ފުލުހުން ހިންގަން ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެރަށުން މާރާލާފައި އޮއްވާ ފެނުނު ޅ. ހިންނަވަރަށް ނިސްބަތްވާ އިސްމާއިލް އުމަރުގެ މައްސަލައާ ގުޅިގެންނެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިސާތައް ހޯދާފައި ވަނީ އެރަށުގެ ބައެއް ގެތަކާއި ބައެއް ސަރަހައްދުތައް ފުލުހުން ބަލުމަށް ފަހުގައެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވާ ބިދޭސީން ދިރިއުޅޭ ތަންތަން ވެސް ވަނީ އެމީހުންގެ ހާޒިރުގައި ބަލާ ފާސްކޮށްފައެވެ.

 

އެ ރަށުގެ ބައެއް ފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ 80،000 ވަރަކަށް ހާސްރުފިޔާ ފުލުހުން ހޯދާފައިވާ ކަމަށާއި އެ ތަކެތި ހޯދާފައި ވަނީ އެ ރަށަށުގައި ބަންނަމުންދާ ސަފާރީއެއްގެ ތެރެއިންނެވެ. މިކަމާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. އެހެންނަމަވެސް ފުލުހުން ބުނީ އިހަވަންދޫގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެން ހިންގަމުންދާ ކަމަށެވެ.

 

މި އޮޕަރޭޝަންގެ ތެރެއިން ފުލުހުން ވަނީ މަސްތުވާތަކެތި ބޭނުންކޮށް ބަދުއަހްލާގީ އަމަލު ހިންގަމުންދާ ކަމުގެ ތުހުމަތު ކުރެވިގެން ބުދަ ދުވަހުގެ ރޭ އިހަވަންދޫން ކޯޓު އަމުރެއްގެ ދަށުން ހަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. 

 

އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި އިއްސެ މަރާލާފައި އޮއްވާ ފެނުނު މައްސަލާގައި ، އައިސްޕްލާންޓްގައި އިއްސެއާ އެކު މަސައްކަތް ކުރާ ބިދޭސީ މީހާގެ އިތުރުން ފަސް ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން އިއްސެއާ އެކު އެއް ކޮޓަރީގައި ދިރިއުޅުނު ޝުމޮން މިއާ ވަނީ އިއްސެ މަރާލި ކަމަށް އެއްބަސްވެފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް