ހަފްތާ ބަންދުގައި ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ހުކުރު ދުވަހު އުުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށެވެ. އަދި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެއެވެ. ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
ހޮނިހިރު ދުވަހު އުތުރުގެ ބައެއް އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށާއި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ. ހޮނިހިރު ދުވަހު ވެސް ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެއެވެ.
މެޓް އޮފީހުން ބުނީ އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެގައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ. އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.