ކ. މާލެ
|
26 އޮކްޓޯބަރ 2022 | ބުދަ 19:35
ވޫހާންގައި ކޮވިޑް 19 ސާމްޕަލް ނަގަނީ
ވޫހާންގައި ކޮވިޑް 19 ސާމްޕަލް ނަގަނީ
ވަޔަން
ޗައިނާގައި ކޮވިޑް
ޗައިނާގެ ވޫހާން އަނެއްކާވެސް ކޮވިޑް ލޮކްޑައުންއަށް
ވޫހާންގެ އިތުރުން ގުއަންގޒޫ ސިޓީގައިވެސް ވަނީ ލޮކްޑައުން އިއުލާންކޮށްފައި
ވޫހާން ސިޓީއަކީ ތިން އަހަރު ކުރިން ފުރަތަމަ ކޮވިޑް ފެނުނު ސިޓީ

މީގެ ތިން އަހަރު ކުރިން މުޅިދުނިޔޭންވެސް އެންމެ ފުރަތަމަ ކޮވިޑް19 ބަލި ފެނުނު ޗައިނާގެ ވޫހާން ސިޓީގެ ބައެއް ޑިސްޓްރިކްޓްތަކުގައި އަނެއްކާވެސް ކޮވިޑް 19 ފެތުރެމުން ދިއުމާއެކު, އެސަރަހައްދުތައް ލޮކްޑައުންކޮށްފައިވާކަމަށް ޚަބަރުލިބެއެވެ.

ސަރުކާރުން ކޮށްފައިވާ އިއުލާނެއް ބުނާގޮތުން، 8 ލައްކަޔަށް ވުރެގިނަ މީހުންގެ އާބާދީއެއް އޮންނަ ސިޓީގެ ރައްޔިތުންނަށް ވަނީ އޮކްޓޯބަރ 26ން އޮކްޓޯބަރ 30ގެ ނިޔަލަށް، ގޭން ނުކުތުން މަނާކޮށްފައެވެ. އަދި މިވަގުތު ބައެއް އާންމު ޚިދުމަތްތައްވެސް މެދުކަނޑާލެވިފައިވާކަމަށް ބުނެފައިވެއެވެ.

ވޫހާންގެ ޔޫނިއަން ހޮސްޕިޓަލުން ބުނީ އެތަނުގެ ކެންޓީންގައި މަސައްކަތްކުރާ މުވައްޒަފަކު ކޮވިޑް 19ށް ޕޮޒިޓިވްވެފައިވުމުން ހޮސްޕިޓަލްގެ މުޅި އައުޓް ޕޭޝަންޓް ޑިޕާޓްމަންޓްގެ ޚިދުމަތް މެދުކަނޑާލާފައިވާކަމަށެވެ.

ވޫހާންގެ ޔުނިވަރސިޓީތައް ވެސް އަލުން ވަނީ އޮންލައިންކޮށް ކިޔަވައިދޭން ފަށާފައެވެ.

ވޫހާންގެ އިތުރުން ގުއަންގޒޫ ސިޓީގައިވެސް ވަނީ ލޮކްޑައުން އިއުލާން ކޮށްފައެވެ. ގުއަންގޒޫ ސިޓީން އަންގާރަ ދުވަހު ސިމްޓޮމެޓިކް 27 ކޭސް ރިޕޯޓްކޮށްފައިވާކަމަށް ވެއެވެ. އަދި އެސިޓީގެ ފަސް ޑިސްޓްރިކްޓެއް ހައި ރިސްކް ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅައި، އަންގާފައިވެއެވެ.

ދެކުނުގެ މެޓްރޮޕޮލިސް، އަދި މެނުފެކްޗަރިންގ ހަބެއްގެ ގޮތުގައި ބެލެވޭ ގުއަންގޒޫގައި މިހާރުވެސް ވަނީ އާދައިގެ މަތިން ކޮންމެ ދުވަހަކު ކުރިއަށްދާ އިޖްތިމާއީ ހަރަކާތްތައް ހުއްޓާލާފައެވެ. ބައެއް ހިސާބުތަކުން ދަނީ ރައްޔިތު އެންމެން ޓެސްޓް ކުރަމުންނެވެ.

ޗައިނާގައި ލޮކްޑައުންތައް އިއުލާންކުރަމުން ގެންދާތީ އާންމު ރައްޔިތުން ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

- ކޮމެންޓް