ކ. މާލެ
|
21 އޮކްޓޯބަރ 2022 | ހުކުރު 19:08
ވެކްސިން
ވެކްސިން
ބީބީސީ
ވެކްސިން ނައްތާލުން
އިންޑިޔާގެ ވެކްސިން ހަދާ ކުންފުންޏަކުން 100 މިލިއަން ޑޯޒް ކޮވިޑް19 ވެކްސިން ނައްތާލައިފި
 
އިންޑިޔާގެ އާބާދީގެ 70 އިންސައްތައަށް ވުރެ ގިނަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވޭ
 
އިންޑިޔާގައި ދެވުނު ވެކްސިންގެ 90 އިންސައްތަ އަކީ ކޮވިޝީލްޑް

އިންޑިޔާގެ ވެކްސިން އުފައްދާ ކުންފުންޏެއް ކަމަށްވާ ސީރަމް އިންޑަސްޓްރީސް އޮފް އިންޑިޔާ (އެސްއައިއައި) އިން އުފައްދާފައިވާ ކޮވިޑް19 ވެކްސީންގެ 100 މިލިއަން ޑޯޒް މުއްދަތު ހަމަވުމުގެ ސަބަބުން ނައްތާލާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނީގެ ސީއީއޯ އަދަރު ޕޫނަވާލާ ބުރާސްފަތި ދުވަހު ވިދާޅުވެފައިވާ ގޮތުގައި ޑިމާންޑު ނެތުމުގެ ސަބަބުން އެ ކުންފުނިން ކޮވިޝީލްޑް ވެކްސިން އުފެއްދުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުއްޓާލާފައިވާ ކަމުގައެވެ.

އެސްއައިއައި އަކީ ވެކްސިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުޏަށް ވާއިރު އެކުންފުނިން އަސްޓްރަޒެނެކާގެ އަމިއްލަ ވައްތަރެއް ވެސް ގިނަ އަދަދަކަށް ވަނީ އުފައްދާފައެވެ.

އިންޑިޔާގައި ދެވުނު ވެކްސިންގެ 90 އިންސައްތަ އަކީ ކޮވިޝީލްޑް ކަމަށް ޚަބަރު ލިބެއެވެ.  

އިންޑިޔާގައި މިހާތަނަށް ދެބިލިއަން ކޮވިޑް19 ވެކެސިން ޖަހާފައިވެއެވެ. އެގޮތުން އެ ޤައުމުގެ ފެޑަރަލް ހެލްތު މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި އާބާދީގެ 70 އިންސައްތަޔަށް ވުރެ  ގިނަމީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވެއެވެ.

ޖެނުއަރީ 2022 ގައި އިންޑިޔާއިން ވަނީ ހެލްތު ކެއާގައި ހަރަކާތްތެރިވާ މީހުންނާއި ފްރަންޓްލައިން މަސައްކަތްތެރިންނާއި 60 އަހަރުން މަތީގެ މީހުންނަށް ބޫސްޓަރ ޑޯޒް ޖަހަން ފަށާފައެވެ. ފަހުން އެ ފުރުސަތު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

އިންޑިޔާއިން މިހާތަނަށް 298 މިލިއަން ބޫސްޓަރ ޑޯޒް ޖަހާދީފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީއިން ބުނެފައިވެއެވެ.

އެސްއައިއައިގެ ސީއީއޯ ޕޫނަވާލާ ވިދާޅުވީ ކޮވިޑް19 މަތިން މީހުން މިހާރު ފޫހިވެފައިވުމާ އެކު ބޫސްޓަރ ޑޯޒް ޖެހުމަށް މީހުންގެ މާބޮޑު ޝައުގުވެރި ކަމެއް ނެތެވެ. އޭނާ ވިދާޅުވި ގޮތުގައި އެސްއައިއައިގެ ސްޓޮކުގައި 100 މިލިއަން ކޮވިޝީލްޑް ޑޯޒް އެބަހުއްޓެވެ. މިވެކްސިން ބެހެއްޓޭ މުއްދަތަކީ 9 މަސް ދުވަސްކަމަށްވާއިރު މިހާރު ހުރި ވެކްސިންގެ މުއްދަތު ސެޕްޓެމްބަރު މަހު ހަމަވެފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ މި މޭރުމުން ވާހަކަ ދެއްކެވީ އިންޑިޔާގެ ޕޫނޭގައި ކުރިޔަށް ދިޔަ ތަރައްޤީވަމުން އަންނަ ގައުމުތަކުގެ ވެކްސިން އުފައްދާ ކުންފުނިތަކުގެ ބައްދަލުވުމެއްގެ ހަވާސާގައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް