ހަފުތާ ބަންދުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީުން ބުނީ ހުކުރު ދުވަހު އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށެވެ. މެދު ރާއްޖެ ތެރެއަށާއި ދެކުނުގެ އަތޮޅުތަކަށް ހުކުރު ދުވަހު ކެރީގެ އަސަރުކުރާނެކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
ހޮނިހިރު ދުވަހު ވެސް އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެއެވެ. ނަމަވެސް މެދު ރާއްޖެތެރެއަށާއި ދެކުނަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
ވިއްސާރަކުރާނެކަމަށް ލަފާކޮށްފައިވާއިރު ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.