ކ. މާލެ
|
19 އޮކްޓޯބަރ 2022 | ބުދަ 13:12
އެމެރިކާގެ ރައީސް ޖޯ ބައިޑަން
އެމެރިކާގެ ރައީސް ޖޯ ބައިޑަން
ވަޔަން
އެމެރިކާގެ ތެލުގެ ހާލަތު
އެމެރިކާގެ ތެލުގެ ރިޒާވުން 15 މިލިއަން ފީފާގެ ތެޔޮ މާކެޓަށް ދޫކުރަން ރައީސް ބައިޑަން ނިންމަވައިފި
ސަރުކާރު ދެމި އޮންނާނެކަން ޔަގީން ކުރެއްވުމަށް ޖޯ ބައިޑަން އިންފްލޭޝަން އަދި ހަކަތައިގެ އަގު ކޮންޓްރޯލް ކުރެއްވުމަށް ޚާއްސަ ފިޔަވަޅުތައް އަޅުއްވާނެ

ތެޔޮ އުފައްދާ މިންވަރު މަދު ކުރުމަށް އޯޕެކް ޕްލަސް ގައުމުތަކުން ނިންމުމާއި ގުޅިގެން އެމެރިކާގެ ސްޓްރެޓީޖިކް ރިޒަރވްގައި ހުރި ތެލުން 15 މިލިއަން ފީފާގެ ތެޔޮ ބާޒާރަށް ނެރެން ނިންމަވާ އެކަން ބުދަ ދުވަހުގެ ވަގުތެއްގައި ރައީސް ޖޯ ބައިޑަން ރަސްމީކޮށް އިއުލާނު ކުރައްވާނެ ކަމަށް ޚަބަރު ލިބިއްޖެއެވެ. މީގެއިތުރުން ކުރިމަތީގައި އޮތް ފިނި މޫސުމުގައި ރައްޔިތުންގެ ބޭނުންތަކަށް ސަރުކާރުން އިތުރު ތެޔޮ ފޯރު ކޮށްދޭނެ ކަން ވެސް އިއުލާނުކުރައްވާނެ ކަމަށް ދަނީ ބެލެމުންނެވެ. މިއީ އަންނަ މަހު އޮންނަ މިޑްޓަރމް އިންތިޚާބަށް ރައްޔިތުން ތައްޔާރުވަމުން ދާއިރު ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އޮތްކަން ހާމަކުރުމަށް އަޅުއްވާ ފިޔަވަޅުތަކެކެވެ.  

ސަރުކާރުގެ އިސް އޮފިޝަލެއް އަންގާރަ ދުވަހު ވިދާޅުވެފައިވާ ގޮތުގައި ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒަރވުން އަލަށް ދޫކުރަން ނިންމި 15 މިލިއަން ފީފާގެ ތެޔޮ ހިމެނިގެން ދާނީ މީގެ ކުރިން ބަހާރު މޫސުމުގައި ހުއްދަ ދެވުނު 180 މިލިއަން ފީފާގެ ތެރެއިން ކަމުގައެވެ. އޭނާ ވިދާޅުވީ ރަޝިޔާ ނުވަތަ އެހެންވެސް ގައުމަކުން އަޅާ ފިޔަވަޅެއްގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓަށް އަރާ ލޮޅުންތައް މަތަކޮށް، އަދި ފިނި މޫސުމުގައި އިތުރު ހަކަތަ ބޭނުންވާ ނަމަ އެކަން ވެސް ކޮށްދިނުމަށް ބައިޑަން ސަރުކާރުން ތައްޔާރަށް އޮތްކަން ބައިޑަން ބުދަ ދުވަހު ދެއްވާ ބަޔާނުން ޔަގީން ކޮށްދެއްވާނެ ކަމުގައެވެ.

އެމެރިކާ އަކީ ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދަށް ވާއިރު، އެނަރޖީ މާކެޓު އަދި އިގްތިސާދު ހަމަޔަކަށް އެޅުވުމަށް ބައިޑެން ބޭނުން ކުރެއްވުމަށް ނިންނަވާފައިވަނީ އިމަރޖެންސީ އޮއިލް ރިޒަރވުން ތޫފާންތައް ފަދަ ގުދުރަތީ ކާރިސާއަކުން ރިފައިނަރީތައް ބަންދު ކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރަން ހުންނަ ރިޒަރވުންނެވެ.

ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިން ހިފުމަށް ހަނގުރާމަ ފެށުމާ އެކު ޔޫރަޕު އަދި އެމެރިކާއިން ވަނީ ރަޝިޔާގެ ހަކަތަ ގަތުން މަނާކޮށްފައެވެ. ރަޝިޔާ އަކީ ދުނިޔޭގެ އެންމެ ބޮޑު ހަކަތަ އެކްސްޕޯޓަރު ކަމަށް ވާއިރު ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ މާކެޓަށް ވަރަށް ބޮޑެތި ލޮޅުންތައް އަރައިގެން ދިޔައެވެ.  

ނޮވެމްބަރު މަހު އޮންނަ މިޑް ޓަރމް ލެޖިސްލޭޓިވް އިންތިޚާބުގައި ޑިމޮކްރޭޓުން ބޭރުކޮށްލުމުގެ އުންމީދެއް ރިޕަބްލިކަން ޕާޓީ އަށް ކިރިޔާ ވެސް އޮތީ އިންފްލޭޝަން އަދި ހަކަތަ އަގުބޮޑުވާ ވާހަކަ ދައްކައިގެންނެވެ. އެހެން ކަމުން ރައީސް ބައިޑަން މި ދެ ކަންތައް ހަމަޔަކަށް އެޅުއްވުމަށް ވަރަށް މަސައްކަތް ކުރައްވާނެ ކަމަށް ބެލެވެއެވެ.

- ކޮމެންޓް