ކ. މާލެ
|
22 ޖޫން 2017 | ބުރާސްފަތި 12:11
އިއްސެ މަރާލި ކަމަށް އިއުތިރާފްވެފައިވާ ޝުމޮން މިއާ (27އ)
އިއްސެ މަރާލި ކަމަށް އިއުތިރާފްވެފައިވާ ޝުމޮން މިއާ (27އ)
ރާއްޖެއެމްވީ
އިހަވަންދޫގައި މީހަކު މަރާލުން
އިއްސެގެ މަރާ ގުޅިގެން އިތުރު ބިދޭސީއަކު ހައްޔަރުކޮށް ހަ ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފި
އެންމެ ފުރަތަމަ ހައްޔަރުކުރީ އިއްސެއާއެކު ވަޒީފާގައި އުޅޭ ބިދޭސީއެއް
އެންމެ ފުރަތަމަ ހައްޔަރުކުރި ބިދޭސީ މީހާ ވަނީ އިއްސެ މަރާލި ކަމަށް އިއުތިރާފް ވެފަ
މިހާތަނަށް ޖުމްލަ ހަ މީހަކު ހައްޔަރު ކޮށްފައިވާއިރު، އެއީ މުޅިން ވެސް ބިދޭސީން

މިމަހުގެ 16 ވަނަ ދުވަހު ރަހުމު ކުޑަގޮތަކަށް މަރާލާފައިވާ ޅ. ހިންނަވަރު އިސްލާއީލް އުމަރު، (54އ)ގެ މަރުގެ މައްސަލާގައި އިތުރު ބިދޭސީއަކު ހައްޔަރުކޮށް، މި މައްސަލައިގައި މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައިވާ ހަ ބިދޭސީންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިއްސެ މަރާލި މައްސަލައިގެ ތުހުމަތުގައި މީގެ ކުރިން ފަސް ބިދޭސީއަކު ހައްޔަރުކޮށްފައިވީ ނަމަވެސް ފަހުން އިތުރު ބިދޭސީއަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ އެންމެނަށް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށެވެ.

އިއްސެ މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ފަށައި އެންމެ ފުރަތަމަ ހައްޔަރު ކޮށްފައި ވަނީ އިއްސެއާ އެކު އައިސް ޕްލާންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ޝުމޮން މިއާ (27އ) އެވެ. އޭނާ ވަނީ އިއްސެ މަރާލި ކަމަށް ފުލުހުންގެ ތަހުގީގުގައި އިއްސެ މަރާލި ކަމަށް އިއުތިރާފު ވެފަ އެވެ.

މި މައްސަލަައިގެ ތަހްގީގުގައި އިސްމާއިލްް އުމަރަށް ހަމަލާދީ މަރާލާފައިވާ ކަމަށް ޝުމަން މިއާ ވަނީ އިއުތިރާފުވެފަ އެވެ. އަދި އިސްމާއީލް އުމަރަށް ހަމަލާ ދިނުމަށް ޝުމަން މިއާ ބޭނުންކުރި ވަޅި އާއި އިސްމާއީލް އުމަރަށް ހަމަލާދިން އިރު، ޝުމަން މިއާ ލައިގެން ހުރި އަންނައުނު ފުލުުހުން މިހާރު ވަނީ ހޯދާފައެވެ.

ފުލުހުން ބުނެފައި ވަނީ އިއްސެ މަރާލި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ހުކުރު ދުވަހު 16:23 ހާއިރު ކަމަށާއި އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އައިސް ޕްލާންޓަށް ދިޔައިރު އެތަނުގެ ދޮރުގައި ލޭގެ އަސަރު ހުރި ކަމަށެވެ. ފުލުހުން އައިސް ޕްލާންޓާއި އައިސް ޕްލާންޓްގެ އޮފީސް އަދި އެކޮމޮޑޭޝަން ބްލޮކް އިތުރަށް ބަލައި ފާސްކުރިއިރު، ޒަހަމްތަކާއެކު އިސްމާއީލްގެ ހަށިގަނޑު އޮތީ، އައިސް ޕްލާންޓްގެ އައިސް ޕްރޯސެސިންޓް ޔުނިޓެގް ތެރޭގައި ކަމަށެވެ. 

- ކޮމެންޓް