ކ. މާލެ
|
17 އޮކްޓޯބަރ 2022 | ހޯމަ 22:22
ނޭމާ ޖޫނިއަރ
ނޭމާ ޖޫނިއަރ
ރޮއިޓާސް
ނޭމާގެ މައްޗަށް ބާސާއިން ދައުވާކުރުން
ބާސެލޯނާ ކޯޓަށް ނޭމާ ހާޒިރުކޮށްފި
 
މައްސަލައިގެ އަޑުއެހުމަށް ނޭމާ ކޯޓަށް ހާޒިރުކުރީ ހޯމަ ދުވަހު

ސެންޓޯސްއިން ބާސެލޯނާއަށް ބަދަލުވި ފަހުން ޓެކްސް ދެއްކުމުގައި މަކަރާއި ކޮރަޕްޝަމްގެ އަމަލުތައް ހިންގާފައިވާކަމަށް ތުހުމަތުކޮށް، މިހާރު ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއަރ ބާސެލޯނާ ކޯޓަށް ހާޒިރުކޮށްފިއެވެ.

މައްސަލައިގެ އަޑުއެހުމަށް ނޭމާ ކޯޓަށް ހާޒިރުކުރީ ހޯމަ ދުވަހުއެވެ. ސްޕެއިންގެ ޓެކްސް އޮތޯރިޓީތަކުން ދައުވާކޮށްފައި ވަނީ ނޭމާއަށް ދެއަހަރުގެ ޖަލު ހުކުމެއް ކުރުމަށެވެ. އަދި ލިބުނު ގެއްލުމުގެ ބަދަލުގައި 10 މިލިއަން ޔޫރޯ ހޯދުމަށްވެސް ޓެކްސް އޮތޯރިޓީން ދައުވާކޮށްފައިވެއެވެ. ދައުވާގައިވާގޮތުން 8.4 މިލިއަން ޔޫރޯގެ ޓެކްސް ނުދައްކާ ނޭމާ ވަނީ އޮޅުވާލާފައެވެ.

މީގެ އިތުރުން ނޭމާގެ 40 ޕަސެންޓް ޕްލޭޔާސް ރައިޓްސް އޮތް ބްރެޒިލްގެ ޑީއެސްއައި އިންވެސް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ނޭމާއަށް ކުރުމަށް އެދިފައެވެ. އަދި އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގައި 150 މިލިއަން ޔޫރޯ ހޯދުމަށްވެސް ޑީއެސްއައި އިން އެދިފައިވެއެވެ.

ނޭމާގެ އިތުރުން ބާސެލޯނާގެ ކުރީގެ ދެރައީސުން ކަމުގައިވާ ސަންޑްރޯ ރޮސެލްއާއި ހޯސެފް މާރިއާ ބާޓޮމޭއޯ އަދި ނޭމާގެ އާއިލާގެ މައްޗަށްވެސް ޓެކްސް ދެއްކުމުގައި އޮޅުވާލި މައްސަލާގައި ދައުވާކޮށްފައިވެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ޓެކްސް އޮތޯރިޓީން ވަނީ ނޭމާގެ ބައްޕައަށް ދެއަހަރުގެ އަދި އޭނާގެ މަންމައަށް އެއް އަހަރުގެ ޖަލު ހުކުމެއް ކުރުމަށް ދައުވާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
58%
17%
0%
8%
0%
17%
ކޮމެންޓް