ކ. މާލެ
|
17 އޮކްޓޯބަރ 2022 | ހޯމަ 12:54
އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓުގައި ފެންބޮޑުވެފައި
އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓުގައި ފެންބޮޑުވެފައި
ސީ.އެން.އެން
އޮސްޓްރޭލިޔާގައި ފެންބޮޑުވުން
އޮސްޓްރޭލިޔާގެ ވިކްޓޯރިޔާ ސްޓޭޓުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
 
ފެނުގެ ސަބަބުން ވިކްޓޯރިއާ ސްޓޭޓުގެ ވަރަށް ގިނަ ސަރަހައްދުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން އޮސްޓްރޭލިޔާގެ ވިކްޓޯރިޔާ ސްޓޭޓުގައި ފެންބޮޑުވެ ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް އެޤައުމުގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސް އާދީއްތަ ދުވަހު ވަޑައިގެންފިއެވެ. އޮސްޓްރޭލިޔާގެ އިމަރޖެންސީ ސަރވިސަސް އިން މައުލޫމާތު ދީފައިވާ ގޮތުގައި ބައެއް ހިސާބުތަކުގައި 12 މީޓަރާއި ހަމަޔަށް ފެންގަނޑު ބޮޑުވެފައިވެއެވެ. ފެެންބޮޑުވެފައިވާ ތަންތަން ބައްލަވާލެއްވުމަށްފަހު އަލްބަނީސް ނޫސްވެރިންނަށް ވިދާޅުވީ ފެނިވަޑައިގެންނެވީ ވަރަށް ވެސް ހިތްދަތި ކުރުވާފަދަ މަންޒަރުތަކެއް ކަމުގައެވެ. އަދި ރޮޗެސްޓަރ ކިޔާ އަވަށުގައި 71 އަހަރުގެ މީހަކު އަމިއްލަ ގޭގެ ފަހަތުގައި އޮންނަ ހުސްބިމުގައި ބޮޑުވެފައިވާ ފެންގަނޑުގައި މަރުވެފައި އޮއްވާ ފެނިފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. ބޮޑުވަޒީރު ވިދާޅުވީ އާދީއްތަ ދުވަހު ވެސް އޮސްޓްރޭލިއަން ޑިފެންސް ފޯސްގެ އިތުރު ސަތޭކަ މީހުން އެހީގެ މަސައްކަތަށް ނެރެފައިވާ ކަމުގައެވެ.

އަލްބަނީސްގެ އަރިހުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ވިކްޓޯރިއާ ސްޓޭޓުގެ ސްޓޭޓް ޕްރެމިއަރ ޑެނިއަލް އެންޑްރޫސް ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން އެސްޓޭޓުގައި 355 މަގެއް ބަންދުވެފައިވާ ކަމަށާއި މޫރޫޕްނާ ކިޔާ އަވަށުގައި 6000 އެއްހާ ޕްރޮޕަޓީ އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމުގައެވެ.

ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހު ވެސް އިތުރަށް މޫސުން ގޯސްވެ ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާތީ އޮސްޓްރޭލިޔާގެ ބައެއް ސްޓޭޓުތަކުގައި ބޮޑުވެފައިވާ ފެންގަނޑު އަދިވެސް އިތުރަށް ބޮޑުވާނެ ކަމަށް ވަނީ ބެލެވިފައެވެ. އަދި މާލަސްނުވަނީ އަވަހަށް ރައްކާތެރި ތަންތަނަށް ބަދަލުވުމަށް އެހިސާބުތަކުގެ ރައްޔިތުންނަށް ދަނީ އަންގަމުންނެވެ.    

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް