ކ. މާލެ
|
12 އޮކްޓޯބަރ 2022 | ބުދަ 07:21
މެކަބީ ހައިފާގެ ދެވަނަ ލަނޑަށްފަހު އުފާ ފާޅުކުރަނީ
މެކަބީ ހައިފާގެ ދެވަނަ ލަނޑަށްފަހު އުފާ ފާޅުކުރަނީ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
އިޒުރޭލްގެ މެކަބީ ހައިފާއިން ޔުވެންޓަސް ސިއްސުވާލައިފި، ތާރީޚީ މޮޅެއް!
 
ޔުވެންޓަސްއާ މެކަބީ ހައިފާވެސް އޮތީ ތިން ޕޮއިންޓްގައި

އިޒްރޭލްގެ މެކަބީ ހައިފާއިން އިޓަލީގެ ގަދަބާރު ޔުވެންޓަސް ސިއްސުވާލުމަށްފަހު ޗެމްޕިއަންސްލީގުގައި ތާރީޚީ މޮޅެއް ހޯދައިފިއެވެ.

އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މެކަބީ ހައިފާއިން ޔުވެންޓަސް ބަލިކުރީ 2-0 ނެވެ. ފުރަތަމަ ހާފްގައި ދެ ލަނޑުވެސް ޖެހީ އަޓްޒިލީއެވެ. އޭނާ ލަނޑު ޖެހީ ހަތްވަނަ މިނެޓާއި 42 ވަނަ މިނެޓުގައެވެ. މިބައްޔާއެކު ބާކީ ދެމެޗު އޮއްވާ ޔުވެންޓަސް ވަނީ ގްރޫޕްގެ ތިންވަނައަށް ސޮއްސާލާ, ދެވަނަ ބުރުން ޖާގަ ހޯދަން އުނދަގޫ ހާލަތަކަށް ގޮސްފައެވެ. ހަތަރު މެޗުން ޔުވެންޓަސްއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެއީ ޔުވެންޓަސްގެ ދަނޑުގައި މެކަބީ ހައިފާ ބަލިކޮށްގެން ހޯދި ތިން ޕޮއިންޓެވެ. ގަދަ ސޯޅައިން ޖާގަ ހޯދަން ޔުވެންޓަސްއަށް ދެން އޮތީ ބެންފީކާއާއި, ޕީއެސްޖީ ބަލިކުރުމެވެ.

ޗެމްޕިއަންސް ލީގުގެ އިތުރުން ސެރީ އޭގައިވެސް ޔުވެންޓަސްގެ ނަތީޖާތަށް ދަށެވެ. ކޯޗު އެލެގްރީގެ މުސްތަޤްބަލާމެދު ވަނީ ސުވާލުއުފެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް