ކ. މާލެ
|
12 އޮކްޓޯބަރ 2022 | ބުދަ 07:32
ސިޓީ ކުޅުންތެރިން އުފާ ފާޅުކުރަނީ، ވީއޭއާރުން ނިންމީ ލަނޑެއްނޫންކަމަށް
ސިޓީ ކުޅުންތެރިން އުފާ ފާޅުކުރަނީ، ވީއޭއާރުން ނިންމީ ލަނޑެއްނޫންކަމަށް
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ހާލާންޑަށް ރެސްޓް، ސިޓީ އެއްވަރު، އެކަމަކު މިހާރު ދެވަނަ ބުރުގައި!
 
ސިޓީއަށް އޮތް ފުރުޞަތު ހަންޏެއްނުވޭ

މިވަގުތު ދުނިޔޭގައި އެންމެ ފޯމްގައި ހުރި ފޯވާޑް ހާލާންޑަށް ރެސްޓު ދިން މެޗު އެއްވަރުވި ނަމަވެސް, ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގަ މެންޗެސްޓަރ ސިޓީއަށް ޔަޤީންވެއްޖެއެވެ.

މެޗުގެ އެއްވެސް ހިސާބަކުން ހާލާންޑަށް ފުރުޞަތު ނުދިން މެޗުގައި އެފްސީ ކޯޕަންހޭގަންއާ ވާދަކޮށް އެއްވަރުވީ ލަނޑެއް ނުޖެހިއެވެ. އެކަމަކު މެޗުގެ 11 ވަނަ މިނެޓުގައި ސިޓީން ލަނޑެއް ޖަހާ އުފާ ފާޅުކުރިއެވެ. ރޮޑްރީ ޖެހި ލަނޑު ވީއޭއާރުން ބެލުމަށްފަހު ބަލައިނުގަންނަން ނިންމީ އުފާ ފާޅުކުރި ފަހުންނެވެ. އޭގެފަހުން 25 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ވެސް ސިޓީއަށް ކާމިޔާބެއް ނުކުރެވުނެވެ. އޭރިޔާ ތެރެއިން ކޯޕަންހޭގަންގެ ޑިފެންޑަރު ނިކޮލާއީ އަތުގައި ޖެހުމުން ދިން ޕެނަލްޓީ ރިޔާދު މާރޭޒް ޖެހުމުން ކީޕަރު ދިފާއުކުރީއެވެ. މާރޭޒް އެންމެފަހުން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. ސިޓީއަށް އިތުރު މައްސަލަތައް ކުރިމަތިވީ 30 ވަނަ މިނެޓުގައި ސާޖިއޯ ގޮމޭޒްކުރި ފައުލަކަށް ސީދާ ރަތް ކާޑު ދެއްކުމުންނެވެ. ރެފްރީ ރަތް ކާޑު ދެއްކީ އަރިމަތީގައި ހުރި ސްކްރީނުން ވީޑިއޯ ބެލުމަށްފަހުއެވެ.

ހާލާންޑް ބެންޗުގައި އިންނަމަވެސް މެޗުގެ އެއްވެސް ހިސާބަކުން ކޯޗު ގާޑިއޯލާ ފުރުޞަތެއް ނުދެއެވެ. އެކަމަކު ފިލް ފޮޑެންއާއި, ބާނާޑޯ ސިލްވާއަށް ފަހު ފަނަރަ މިނެޓުގައި ފުރުޞަތު ދިނެވެ. މެޗުން މޮޅުނުވިޔަސް ސިޓީ ދެވަނަ ބުރަށް ދަތުރުކުރީ އަންގާރަ ދުވަހުގެރޭ ދަންވަރު މިގްރޫޕްގައި ސެވިއްޔާއާއި ޑޯޓްމަންޑް އެއްވަރުވުމުންނެވެ. މެޗުން މޮޅުވެގެން ޑޯޓްމަންޑަށް ދެވަނަ ބުރު ޔަޤީންކުރެވެން އޮތެވެ. މިހާރު ދެވަނަ ބުރު ޔަޤީންކުރަން ޑޯޓްމަންޑް ބޭނުންވަނީ ދެ މެޗުން ޕޮއިންޓެކެވެ. ޑޯޓްމަންޑާއި ސެވިއްޔާ ވާދަކުރި މެޗު އެއްވަރުވީ 1-1 ނެވެ. މެޗުގައި ވެސް ޑޯޓްމަންޑަށް ލަނޑު ޖަހައިދިނީ ބެލިންގހަމްއެވެ. މިއީ މިސީޒަންގައި މިމުބާރާތުގައި އޭނާގެ ހަތަރު ވަނަ ލަނޑެވެ. ސެވިއްޔާއިން ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ނިއަންޒޯ ޖެހި ލަނޑުންނެވެ.

ސިޓީ ދެ މެޗު ބާކީ އޮއްވާ ދެވަނަ ބުރު ޔަޤީންކުރީ ހަތަރު މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް