Advertisement
ކ. މާލެ
|
21 ޖޫން 2017 | ބުދަ 20:42
މުހައްމަދު ނިމާލް
މުހައްމަދު ނިމާލް
މުހައްމަދު ޝަރުހާން
ނިމާލް އިސްތިއުފާ ދީފި
އެމްއާރުޑީސީގެ އެމްޑީގެ މަގާމުން ނިމާލް އިސްތިއުފާ ދެއްވައިފި
ނިމާލު އިސްތިއުފާ ދެއްވީ ރައީސް ޔާމީންގެ ކެމްޕޭންގައި ހަރަކާތްތެރިވުމަށް ކަމަށް މައުލޫމާތު ލިބޭ
ނިމާލު ކުރިން ހުންނެވީ ޓޫރިޒަމްގެ ނައިބުގެ މަގާމުގައި، އޭގެ ކުރިން ފެނަކައިގެ އެމްޑީއަކަށް
ނިމާލުގެ ބަހެއް އަދި ނުލިބޭ

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އެ މަގާމުން  އިސްތިއުފާ ދެއްވައިފި އެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ނިމާލު އިސްތިއުފާ ދެއްވީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނަށް ވަގުތު ދިނުމަށްޓަކަ އެވެ.. ނިމާލު ވަނީ ރައީސް ޔާމީން ފެކްޝަންގެ ކައުންސިލްގެ ކެމްޕޭން މެނޭޖަކަށް މީގެ ކުރިން އައްޔަންކޮށްފަ އެވެ.

ރޯދަ މަހަށް ފަހު ރައީސް ޔާމީންގެ ކެމްޕޭން ދަތުރުތައް ރަށްރަށަށް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވަނީ އެނގިފަ އެވެ. 

މިކަމާ ގުޅޭ ގޮތުން ނިމާލުގެ ބަހެއް އަދި ނުލިބެ އެވެ. 

ނިމާލް އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް މި އަހަރުގެ މާޗް މަހު އައްޔަން ކުރެއްވީ، އޭރު އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލްރައްޒާގް ހަލީމް އެމްޕީއެލްގެ ސީއީއޯއަކަށް ބަދަލު ކުރެއްވުމަށް ފަހު އެވެ.

އެމްއާރުޑީސީ އަށް ބަދަލު ކުރެއްވުމުގެ ކުރިން ނިމާލު ހުންނެވީ ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމުގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ފެނަކައިން ނިމާލް ވަކިކުރީ އެއްމިލިއަން ޑޮލަރު ގަންނަން ކަމަށް ބުނެ 17 މިލިއަން ރުފިޔާ އަމިއްލަ ކުންފުންޏަކަށް ދޫކޮށް، އެ ފައިސާ އަނބުރާ ނުލިބުނު މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް
21 ޖޫން 2017 | ބުދަ 21:57
ހެހެހެ
އެލާރިކޮޅުހިފައިގެންބާ ރައްރަށައް މިދަނީ އެމައްސަލަ ޔަގީން ފުލުހުން މިހާރު ވާނީ ބަލާފަ. އެލާރި ފެންނާނެ ދުވަހެއް އަދި އެ ލިބުނުބަޔަކު ނޭގޭ. :(