ކ. މާލެ
|
21 ޖޫން 2017 | ބުދަ 17:49
ފޯނު ފޭރިގަނެގެން ދަނިކޮށް ފުލުހުން ކާރުން ޖައްސާ ހިފެހެއްޓި މީހުން
ފޯނު ފޭރިގަނެގެން ދަނިކޮށް ފުލުހުން ކާރުން ޖައްސާ ހިފެހެއްޓި މީހުން
ރާއްޖެއެމްވީ
ފޭރުން
ފޯނެއް ފޭރިގަނެގެން ދުއްވި ސައިކަލެއްގައި ޕޮލިސް ކާރުން ޖައްސާ އަތުލައިގެންފި
މީހަކަށް އަނިޔާއެއް ނުވޭ
ކާރަށާއި ސައިކަލަށް ހިސާބަކަށް ގެއްލުންވި
ފޭރިގަތީ ބިދޭސީއެއްގެ އަތުން

ބިދޭސީއެއްގެ އަތުން މޯބައިލް ފޯނެއް ފޭރިގަނެގެން ފިލަން ދުއްވި ސައިކަލެއްގައި ފުލުހުންގެ ކާރަކުން ޖައްސާ ވައްޓާލުމަށް ފަހު ވަގުން އަތުލައިގެންފިއެވެ.

މަންޒަރު ދުށް މީހަކު ރާއްޖެ އެމްވީއަށް ބުނީ ބުދަ ދުވަހު ހެނދުނު ގާތްގަނޑަކަށް 8:30 ހާއިރު ލަގްޒަރީ ކުރިމަތިން ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން ސައިކަލެއްގައި ދިޔަ ދެ މީހަކު ފޯނެއް ފޭރިގަނެ މަޖީދީމަގުން އިރަށް ދުއްވާލިކަމަށެވެ. އެވަގުތު އެމަންޒަރު މަޖީދީމަގުން ހުޅަނގަށް އައި ފުލުހުންގެ ފެނިގެން  އެކާރުން ސައިކަލްގައި ވަނީ ޖައްސާ ވައްޓާލާފައެވެ.

އެދެމީހުން ވައްޓާލާ ބިޑިއަޅުވުމަށް ފަހު ހައްޔަރުކޮށްގެން ގެންދިޔަ މަންޒަރު ރާއްޖެ އެމްވީގެ ނޫސްވެރިންނަށްވެސް ވަނީ ފެނިފައެވެ. ޒުވާން ދެ ފިރިހެން ކުދިން ހައްޔަރުކޮށްގެން ގެންދިޔައިރު އެމީހުންނަށް އަނިޔާއެއްވެފައެއް ނުވެއެވެ. ނަމަވެސް ސައިކަލަށާއި ފުލުސް ކާރުގެ ކުރީ ކޮޅަށް ހިސާބަކަށް ވަނީ ގެއްލުންވެފައެވެ.

އެވަގުތު އެސަރަހައްދަށް ގިނަ އަދަދެއްގެ އާއްމުންނާއި ފުލުހުން ޖަމާވިއެވެ.

ރޯދަމަހު ހެނދުނުގެ ވަގުތުގައި މާލޭގައި ފޭރުން އިތުރުވެފައިވާކަމުގެ ކަންބޮޑުވުން އާއްމުން ފާޅުކުރަމުންދާއިރު ފުލުހުން ބުނެފައިވަނީ އެކަމަށް ސަމާލުވެ މަގުމަތީގައި ހަރަކާތްތެރިވާނެ ފުލުހުން އިތުރުކޮށްފައިވާ ކަމަށެވެ. އަދި ފޭރޭ ބައެއް މީހުން ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

 

- ކޮމެންޓް
22 ޖޫން 2017 | ބުރާސްފަތި 10:04
ދިވެހިސްދުރި
މިފަހަރު ބުނެލަން އޮތީ ތެންކްޔޫ ޕޮލިސްއެމްވީއޭ، އަދި ކިރިޔާ ތޯއްޗެ މިމަހުވެސް ރަނގަޅަށް ކަމެއް އެ ކުރީ
22 ޖޫން 2017 | ބުރާސްފަތި 01:07
މާލިމީ
ﷲ އަށްޓަކާ ތިޔަބަެިގަނޑަށް ހުކުމް ކުރަމުންދޭބަލަ. އެއްދުވަހު ހައްޔަރކޮށް އަނެއްދުވަހު ދޫކޮށްލީމާ ކަމަކުނުދާނެ.