ކ. މާލެ
|
9 އޮކްޓޯބަރ 2022 | އާދީއްތަ 15:40
މުބާރާތުގައި ހޯރަފުށި އެއަރޕޯޓާއި ފްރިގޭޓަރ ބައްދަލުކުރި މެޗުގެ ތެރެއިން
މުބާރާތުގައި ހޯރަފުށި އެއަރޕޯޓާއި ފްރިގޭޓަރ ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެއެމްވީ
އާރްވީއެސްއޭ ވިމެންސް ހޭންޑް ބޯލް ޓޯނަމެންޓް
ހޯރަފުށީ އެއަރޕޯޓްގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި
ފްރިގޭޓާ އަތުން ހޯރަފުށީ އެއަރޕޯޓު ޓީމު މޮޅުވީ 15-10ން

އާރްވީއެސްއޭ ވިމެންސް ހޭންޑް ބޯލް ޓޯނަމެންޓްގައި ހޯރަފުށީ އެއަރޕޯޓުން ކުޅުނު ފުރަތަމެ މެޗު ކާމިޔާބުކޮށްފިއެވެ.

ހއ އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ފަސް ޓީމެއް ވާދަކުރެއެވެ. ހޯރަފުށީ އެއަރޕޯޓުގެ ފުރަތަމަ މެޗުގައި ފްރިގޭޓާ އަތުން ހޯރަފުށީ އެއަރޕޯޓު ޓީމު މޮޅުވީ 15-10ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ހޯރަފުށީ އެއަރޕޯޓު ޓީމުގެ ފާތިމަތު ޖުނާއެވެ. މުބާރާތުގައި ޓީމް މާރަންދޫ އާއި އިމަގު ބައްދަލުކުރި މެޗު 16-7ން ކާމިޔާބުކުރީ މާރަންދޫ ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މިއީ މާރަންދޫ ޓީމު މުބާރާތުގައި ހޯދި ފުރަތަމަ މޮޅެވެ. ފްރިގޭޓާރ ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން ބަލިވިއިރު، އިމަގުގެ ދެމެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ.

މުބާރާތް ކުރިއަށްދަނީ ލީގު ބުރެއް ކުޅުމަށްފަހު އެންމެ މަތިން ޕޮއިންޓު ހޯދާ ދެޓީމު ފައިނަލުގައި ވާދަކުރާ ގޮތަށެވެ. ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމުކުރާ މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 13 ގެ ނިޔަލަށެވެ.

- ކޮމެންޓް