ކ. މާލެ
|
9 އޮކްޓޯބަރ 2022 | އާދީއްތަ 07:40
ލަނޑު ޖެހުމަށްފަހު އޭސީ މިލާން ކުޅުންތެރިން
ލަނޑު ޖެހުމަށްފަހު އޭސީ މިލާން ކުޅުންތެރިން
ރޮއިޓާސް
އިޓާލިއަން ސެރީ އޭ
ޔުވެންޓަސް ބަލިކޮށް އޭސީ މިލާނުން އެއް ވަނައިގައި އޮތް ނަޕޯލީއާ އަރާ ހަމަކޮށްފި
މިލާނުން ވަނީ ނަޕޯލީއަށްވުރެ އިތުރަށް މެޗެއް ކުޅެފަ

2-0 ން ޔުވެންޓަސް ބަލިކޮށް, އޭސީ މިލާނުން އިޓާލިއަން ސެރީ އޭ ތާވަލްގެ އެއް ވަނައިގައި ނަޕޯލީއާ އަރާ ހަމަކޮށްފިއެވެ.

އޭސީ މިލާން ވަނީ ޔުވެންޓަސް ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކު, ނުވަ ފުޓުބޯޅަ މެޗުން 20 ޕޮއިންޓު ހޯދާފައެވެ. އެއް ވަނައިގައި ނަޕޯލީ އޮތީ އަށް މެޗުން 20 ޕޮއިންޓާއެކުއެވެ. ދެވަނާގައި އެޓްލާންޓާ އޮތީވެސް 20 ޕޮއިންޓާއެކުއެވެ. އެއީ އަށް މެޗުންނެވެ. އޭސީ މިލާންގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖިރޫޑް ތަނަވަސްކޮށްދިން ފުރުޞަތަކުން ޖެހީ ފިކާޔޯ ޓޮމޯރީއެވެ. ދެވަނަ ލަނޑު ދެވަނަ ހާފްގެ ކުރީކޮޅު ޖެހީ ޑިއާޒްއެވެ.

މިއީ ޗެމްޕިއަންސް ލީގުގައި ޗެލްސީ އަތުން ވީބައްޔަށްފަހު މިލާނަށް ލިބުނު ހަމަޖެހުމެކެވެ. މިސީޒަންގައި އުނދަގޫ ހާލަތެއްގައި އޮތް ޔުވެންޓަސް މިހާރު އޮތީ އަށް ވަނައިގައެވެ. އެއީ 13 ޕޮއިންޓާއެކުއެވެ. 2-1 ން ސަސުއޯލޯ ބަލިކުރި އިންޓަރ މިލާން އޮތީ ތާވަލުގެ ހަތް ވަނައިގައެވެ. އެއީ ނުވަ މެޗުން 15 ޕޮއިންޓާއެކުއެވެ. މެޗުގައި އިންޓަރ މިލާންގެ ދެ ލަނޑު ވެސް ޖެހީ ބޮސްނިޔާ ފޯވާޑް އެޑިން ޖެކޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް