Advertisement
ކ. މާލެ
|
21 ޖޫން 2017 | ބުދަ 14:43
ބީއެމްއެލްއިން ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ވީލްޗެއަރ ހަދިޔާކުރަނީ
ބީއެމްއެލްއިން ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ވީލްޗެއަރ ހަދިޔާކުރަނީ
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލުން 15 މީހަކަށް މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފި
ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ 15 މީހަކަށް ފޯރުކޮށްދޭނެ

ބޭންކް އޮފް މޯލްޑިވްސް އާއި އެ ބޭންކުގެ މުވައްޒަފުން ގުޅިގެން "އީދު ވެދުން"ގެ ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ 15 މީހަކަށް މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފި އެެވެ. 

 

މިއީ "ޢީދު ވެދުން"ގެ ނަމުގައި މުޖުތަމައަށް އެހީވުމަށް ބީއެމްއެލް އާއި އެބޭންކްގެ މުވައްޒަފުން ގުޅިގެން ކޮންމެ އަހަރަކު އެއްފަހަރު ހިންގާ ހަރަކާތުގެ ދަށުން ފޯރުކޮށްދިން ހަދިޔާއެވެ.

 

އިޖްތިމާޢީ މިފަދަ މުހިންމުކަންކަމަށް އެހީވުމަށް ކޮންމެ އަހަރަކުވެސް ބީއެމްއެލްގެ މުވައްޒަފުން ފަންޑްރައިޒްކުރުމުން ބީއެމްއެލްއިން އެމިންވަރާ އެއްވަރުގެ އެހީއެއް ފޯރުކޮށްދެއެވެ.

 

މިއަހަރުގެ "ޢީދު ވެދުން"ގެ ގޮތުގައި ހަދިޔާކުރާ މޮޓޮރައިޒްޑް ވީލްޗެއާ ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ ކ. މާފުށީގަ އެވެ. އެ ރަށުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުވާ ދެ މީހަކަށް ޒަމާނީ މި ވީލްޗެއާ ދިނެވެ. މާފުށީގެ އިތުރުން އިތުރު ހަތަރު ރަށެއްގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ 13 މީހަކަށް ވީލްޗެއާ ހަދިޔާކުރަން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެއީ ކޮން ރަށްތަކެއް ކަމެއް ބީއެމްއެލްއިން ހާމައެއް ނުކުރެ އެވެ. 

 

ބީއެމްލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ މިފަދަ ޚާއްސަ މޮޓޮރައިޒްޑް ވީލްޗެއަރތަކެއްގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް އެކަމުގެ ހެޔޮ ބަދަލުތަކެއް އައުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

 

"ބޭންކުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދެން. މި ހަރަކާތް ކުރިއަށް ގެންދިޔުމަށް މުވައްޒަފުން ދިން އިސްކަމަށާއި އަދި ފައިސާގެ ގޮތުން ވެދިން އެހީތެރިކަމަށް މުވައްޒަފުންނަށް ޝުކުރު އަދާކުރަން." ނޫރައްދީން ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް