Advertisement
ކ. މާލެ
|
21 ޖޫން 2017 | ބުދަ 14:01
އެމްއެމްއޭގައި ބޭއްވި ޕްރެސް
އެމްއެމްއޭގައި ބޭއްވި ޕްރެސް
ރާއްޖެއެމްވީ
އެމްއެމްއޭ
އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝިއަލް އެކްސްޕޯ" ޖުލައި މަހުގައި
އެކްސްޕޯ ބާއްވަނީ ޖުލައި މަހުގެ 6 އިން 8 އަށް ދަރުބާރުގޭގައި
މި އެކްސްޕޯގެ މަގްސަދަކީ އާންމުންގެ މެދުގައި މާލީ އަދި އިގްތިސާދީ ކަންކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން ބާއްވާ "މޯލްޑިވްސް ފައިނޭންޝިއަލް އެކްސްޕޯ" ޖުލައި މަހުގެ 6 އިން 8 އަށް ދަރުބާރުގޭގައި އޮންނާނެކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

އެމްއެމްއޭގައި ބުދަދުވަހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެމްއެމްއޭގެ އެގްޒެކެޓިވް ޑައިރެކްޓަރ މަރިޔަމް ނަޖީލާ ވިދާޅުވީ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުން ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން "ހައުސިން އެންޑް ފައިނޭންސް" ތީމުގެ ދަށުން ކަމަށެވެ.

"މާލީ އިދާރާތްތަކުން އެބޭފުޅުންނަށް ގެދޮރު ގަތުމަށާއި އަމިއްލަ ފަރާތްތަކުން ބިންތައް އިމާރާތްކުރުމަށް ހުރި ފުރުސަތުތަކާއި މާލީ އިދާރާތްތަކުން އެކަމަށް ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު މި އެކްސްޕޯއިން ލިބިގެންދާނެ،" ނަޖީލާ ވިދާޅުވިއެވެ.

މި އެކްސްޕޯގައި 30 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާނެކަމަށް އެމްއެމްއޭއިން ބުނެއެވެ. އޭގެ ތެރޭގައި އެޗްޑީސީގެ އިތުރުން ރާއްޖޭގެ ހުރި ހުރިހާ ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ރިއަލް އެސްޓޭޓް ޑިވެލޮޕާސް އާއި ކޮންޓްރެކްޓަރުންނާއި އާކިޓެކްޓުންގެ އިތުރުން އިންޓީރިއާ ޑިޒައިނަރުން ބައިވެރިވާނެ އެވެ.

މި ރަސްމިއްޔާތުގައި އެޗްޑީސީގެ ޑިރެކްޓާ އަހުމަދު ފާތިހު ވިދާޅުވީ އެޗްޑީސީން "ބިލްޑިންގްގެ ސްމާޓް ސިޓިޒަންގެ ކެންޕެއިނެއް" މިއަހަރުގައި ރޭވިފައި އެބައޮތްކަމަށާއި އެ ކެމްޕައިން ލޯންޗު ކުރުން "ހައުސިން އެންޑް ފައިނޭންސް އެކްސްޕޯ" ގައި އޮންނާނެކަމަށެވެ. ހައުސިން ސްކީމްތަކާބެހޭ މައުލޫމާތު މި އެކްސްޕޯއިން ލިބިގެންދާނެ ކަމަށް ފާތިހު ވިދާޅުވިއެވެ. އަދި މައުލޫމާތު ފޯރުކޯށްދިނުމަށް އެކި ފަރާތްތައް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މާލީ އިދާރާތްތަކުން އެބޭފުޅުންނށް ގެދޮރު ގަތުމަށާއި އަމިއްލަ ފަރާތްތަކުން ބިންތައް އިމާރާތްކުރުމަށް ހުރި ފުރުސަތުތަކާއި މާލީ އިދާރާތްތަކުން އެކަމަށް ހުރި ފުރުސަތުތަކާއި ބެހޭ މައުލޫމާތު މި އެކްސްޕޯއިން ލިބިގެންދާނެއެވެ.

"މުސްތަގުބަލުގައި މިކަންތައްތަކަކީ ކުރިއަށް ރޭވިގެން ދާނެ ކަންތައްތައް އަޅުގަނޑުމެންގެ އިނިޝިއޭޓިވްގެ ދަށުން. މި އެކްސްޕޯގައި އާކިޓެކްޓްގެ ދާއިރާ އަދި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ވެސް ރަނުގެ ފުރުސަތަކަށް ވެގެންދާނެ." ފާތިހު ވިދާޅުވިއެވެ.

މީގެއިތުރުން އެކްސްޕޯގައި އިގްތިސާދާއި މާލީ ކަންކަމާއި ބެހޭގޮތުން މައުލޫމާތު ދިނުމަށާއި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އާންމުންނަށް ހުޅުވާލެވިގެން ތަފާތު ސެމިނާތަކެއް ކުރިއަށް ދާނެއެވެ.

އާންމުންގެ މެދުގައި މާލީ އަދި އިގްތިސާދީ ކަންކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި އާންމުންނާއި މާލީ އިދާރާތަކުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހި ކުރުމަށް ބާއްވާ އެކްެސްޕޯ ބާއްވަނީ ޖުލައި މަހުގެ 6 އިން 8 ގައި ހެނދުނު 9:00 އިން ހަވީރު 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ. ހުކުރު ދުވަހުގައި އެކްސްޕޯ ހުޅުވާނީ މެންދުރުފަހު 2:00 އިން ރޭގަނޑު 11:00 އަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް