Advertisement
ކ. މާލެ
|
21 ޖޫން 2017 | ބުދަ 11:19
ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު
ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު
ޕީޕަލް މެގަޒިން
އަބްދުﷲ ޖާބިރު
ޕާސްޕޯޓް ކެންސަލްކޮށްފައި އޮތުމުން އިނގިރޭސި ވިލާތުގެ އެއާޕޯޓްގައި ޖާބިރު "ބަންދުކޮށްފި"
ޕާސްޕޯޓް ހިފަހައްޓާލާފައިވަނީ ކީއްވެ ކަމެއް އެނގިފައެއް ނުވޭ
ޖާބިރު ބަންދުކޮށްފައި ހުރީ ގެޓްވިކް އެއާޕޯޓްގައި
އިނގިރޭސި ވިލާތަށް ޖާބިރު ވަޑައިގަތީ އިޓަލީގައި ހުންނެވުމަށް ފަހު

 ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ  އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް ކެންސަލްކޮށްފިއެވެ.

ޖާބިރުގެ އަނބިކަނބަލުން، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވި ގޮތުގައި ޕާސްޕޯޓް ކެންސަލްކޮށްފައި ވުމުން އިނގިރޭސި ވިލާތުގެ ގެޓްވިކް އެއާޕޯޓުގައި ޖާބިރު ވަނީ "ބަންދުކޮށްފަ" އެވެ. އެ އެއާޕޯޓުން ޖާބިރު އަނބުރާ ފޮނުވާލާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖާބިރުގެ ޕާސްޕޯޓް ކެންސަލްކޮށްފައިވާކަން އެނގުނީ ދިޔާނާ ވިދާޅުވި ގޮތުގައި އޭނާ އިޓަލީއިން އިނގިރޭސި ވިލާތަށް އަންގާރަ ދުވަހުގެ ރޭ ވަޑައިގަތުމުންނެވެ. ޖާބިރާއެކު މި ދަތުރުގައި ދިޔާނާ ބައިވެރިވެވަޑައި ނުގަންނަވަ އެވެ. 

ދިޔާނާ ވިދާޅުވީ ޕާސްޕޯޓް ހިފަހައްޓާލާފައިވަނީ ކީއްވެ ކަމެއް އެނގިފައެއް ނުވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އިމިގްރޭޝަންގެ ބަހެއް ވެސް އަދި ނުލިބެ އެވެ. 

ބަލަމުންދާ މައްސަލައަކާއި ގުޅިގެން އެޕްރީލު މަހުގެ 27 ވަނަ ދުވަހު ފުލުހުން ވަނީ ޖާބިރު ހޯދުމަށްޓަކައި، މާލޭގައި ހުންނަ އޭނާގެ ގެއަށް ގޮސްފައެވެ. ޖާބިރު ހޯދަން ފުލުހުން ދިޔައިރު، އޭނާ އުޅުއްވީ ރާއްޖެއިން ބޭރުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
21 ޖޫން 2017 | ބުދަ 12:11
އަލީ
އަހާ ޖާބިރުފަކީރު ..ކިހިނެއް މިވީ