އީރާނުގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދާ ވަރުގަދަ މުޒާހަރާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، އެމެރިކާގައި ދިރިއުޅޭ އީރާން ދަރިކޮޅުގެ ރައްޔިތުން ވައިޓްހައުސް ކުރިމަތީގައި މުޒާހަރާ ކޮށްފިއެވެ.
އީރާނުގެ ސަރުކާރާ ދެކޮޅަށް މިހާރު ކުރިއަށްދާ ވަރުގަދަ މުޒާހަރާތަކަކީ އީރާނުގެ ކުރުދީންނަށް ނިސްބަތްވާ، އުމުރުން 22 އަހަރުގެ ޒުވާނެއް ކަމަށް ވާ މަހްސާ އަމީނީގެ މަރާ ގުޅިގެން ފަށާފައި ވާ މުޒާހަރާތަކެކެވެ. ދީނީ ފިކުރުގެ އިމާމުންގެ ބޮޑު ކޮންޓްރޯލްއެއް އޮންނަ އީރާނުގެ ސަރުކާރާ ދެކޮޅުވެރިކަމުގެ އޮއެވަރެއް 2019 ވަނަ އަހަރު ފެށުނު ފަހުން އަދި ހިމޭން ވެފައި ނުވާ އިރު، އަމީނީގެ މަރާ ގުޅިގެން އެ އަޑު ދަނީ ވަކިން ގަދަ ވަމުންނެވެ.
އެތައް ބައެއްގެ ތެރޭގައި ހުރި ނަޞީބުވެރިއެއް މަށަކީ، އީރާން ދޫކޮށް އެމެރިކާއަށް ދިރިއުޅުނު ބަދަލު ކުރެވުނު. މަށާއެކީ ކުޑަ ގޮޅީގައި ތިބި އެތައް ބައެއްގެ މައްޗަށް 1988 ގައި ވަނީ މަރުގެ ޙުކުމް ތަންފީޒު ކޮށްފަ. މަށާ ދެބެންގެ ދެދަރި މީހަކުވެސް ވަނީ މަރާލާފަ. މަގޭ އެކުވެރިންވެސް ވަނީ މަރާލާފަ. އެހެންވީމަ، މަށަށް ވަރަށް ރަނގަޅަށް އެބަ އެނގޭ އީރާނުގަ ހިނގާ ކަންކަން. އަހަރެންގެ ހިތް ވަނީ އީރާނުގަ. ސީޔާސީ ޤައިދީންނާއެކު.ޝީރީން ނަރީމާން؛ ކުރީގެ ސިޠާސީ ޤައިދީއެއް
އީރާނުން ބޭރުގައިވެސް އެ އަޑު ދަނީ ގުގުމަމުންނެވެ. އެގޮތުން ލަންޑަން، ރޯމް އަދި މެޑްރިޑްގެ އިތުރުން ހުޅަނގުގެ ގިނަ ޤައުމުތަކެއްގައި އީރާނު ސަރުކާރާ ދެކޮޅު މުޒާހަރާތައް ދަނީ ކުރިއަށެވެ. އަމީނީ މަރުވީ، "އެކަށީގެން ނުވާ ގޮތަށް ހެދުން އަޅާފައި ހުރެގެން" އީރާނުގެ އަޚުލާޤާއި ސުލާކާ ބެހޭ ފުލުހުން އޭނާ ހައްޔަރު ކުރިތާ 3 ދުވަސް ފަހުންނެވެ.
އަހަރެން މި ހުރީ އެމީހުންނާއެކު. މަށަކީ އީރާން މީހެއް. އަހަރެންގެ މައިންބަފައިން މިތަނަށް އައީ މީގެ 44 ވަރަކަށް އަހަރު ކުރިން. ދުވަހަކު އަދި އީރާނަށް ދެވިފަ ނެތަސް، އަހަރެން މި ހުރީ އީރާންގެ އަންހެނުންނާ އެކީ. އެއީ މި ޤައުމުގަ އަހަރެން ކުރާ ތަޖުރިބާއިން. މި ތަނުގަ އަހަރަމެންނަށް މިނިވަންކަން އޮވޭ. އެކަމަކު، އީރާނުގަ ތިބި އަންހެނުންނަކަށް ނެތް. މިތަނުގަ އަހަރަމެންނަށް މި ލިބޭ މިނިވަންކަމުގެ އެންމެ 1 ޕަސެންޓްވެސް އެތަނުގަ ނެތް.އާޒާދީ ސާމީ؛ މުޒާހަރާގެ ބައިވެރިއެއް
އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލްއިން ބުނާ ގޮތުގައި، އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާރުވެސް 52 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އެތައް ސަތޭކަ ބަޔަކަށް ވަނީ އަނިޔާ ވެފައެވެ. ގިނަ ޢަދަދެއްގެ އެކްޓިވިސްޓުންނެއްގެ އިތުރުން ދަރިވަރުންނާއި ފަންނުވެރިންވެސް ހައްޔަރު ކޮށްފައި ވާ ކަމަށް، އިންސާނީ ޙައްޤަށް މަސައްކަތް ކުރާ ގުރޫޕުތަކުން ބުނެއެވެ.
އީރާން އެ އޮތީ އެންމެ ފުނާ ޖެހެންދެން ސުންނާފަތިވެފަ. އެހެންވެ ބުނަނީ މި ފަހަރު ތަފާތު ވާނޭ. އަހަރެން ޤަބޫލު ކުރާ ގޮތުގަ، މި ފަހަރު ތަފާތު ވަނީ، މިފަހަރު ހަރަކާތްތަކުގެ އިސް ސަފުގައި އަންހެނުން ތިބީމަ. މި ފަހަރު މި އިންޤިލާބު ގެންނަނީ އަންހެނުން. މީ އީރާނުގެ މުސްތަޤުބަލަށް ޢުއްމީދުތަކެއް ލިޔެވިގެންދާނެ ތާރީޚީ ވަގުތެއް.އާރިފް އަލްވާންދީ؛ މުޒާހަރާގެ ބައިވެރިއެއް
ވައިޓްހައުސް ކުރިމަތީގައި ކުރިއަށް ގެންދިޔަ ސުލްޙަވެރި މުޒާރާހަރާ އިންތިޒާޟް ކުރީ އޯގަނައިޒޭޝަން އޮފް އިރާނިއަން އެމެރިކަން ކޮމިއުނިޓީޒް (އޯއައިއޭސީ)އިންނެވެ. އެ ޖަމާއަތަކީ އީރާނުގައި އޮތް އިމާމުންގެ ވެރިކަމާ ދެކޮޅަށް މަސައްކަތް ކުރާ ޕީޕަލްސް މުޖާހިދީން އޯގަނައިޒޭޝަން އޮފް އީރާން (ޕީއެމްއޯއައި) ގެ އިއްތިހާދީ ބައިވެރިއެކެވެ. އެ ޖަމާއަތަކީ 1980ގެ އަހަރުތަކުގައި ކުރި އީރާން-އިރާޤު ހަނގުރާމައިގެ ތެރޭގައި ސައްދާމް ހުސައިންގެ ފައުޖުތަކާއެކު ހަނގުރާމަ ކުރި ޖަމާއަތެއްވެސް މެއެވެ.