ކ. މާލެ
|
1 އޮކްޓޯބަރ 2022 | ހޮނިހިރު 20:09
އާސެނަލްގެ ތިންވަނަ ގޯލް ޖެހުމަށްފަހު ޒަހާ އުފާފާޅުކުރަނީ
އާސެނަލްގެ ތިންވަނަ ގޯލް ޖެހުމަށްފަހު ޒަހާ އުފާފާޅުކުރަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
ޓޮޓެންހަމް ބަލިކޮށް، އާސެނަލް އެއްވަނަ ދަމަހައްޓައިފި
ލީގުގައި އާސެނަލް އަދި ބަލިވީ އެއް މެޗުން

ޓޮޓެންހަމް ބަލިކޮށް, މިހަފްތާގެ މެޗުތައް ނިމޭއިރުވެސް އެއްވަނަ އާސެނަލްއިން ދަމަހައްޓައިފިއެވެ.

މެޗުން މޮޅުވުމުން އާސެނަލްއަށް ވަނީ އަށް މެޗުން 21 ޕޮއިންޓް ލިބިފައެވެ. ދެވަނާގައި އޮތް މެންޗެސްޓަރ ސިޓީ މެޗު ކާމިޔާބުކުރިޔަސް ލިބޭނީ 20 ޕޮއިންޓެވެ. ޓޮޓެންހަމްގެ މައްޗަށް އާސެނަލް ކުރިހޯދީ 3-1 ނެވެ. މެޗުގައި އާސެނަލްއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ 62 ވަނަ މިނިޓްގައި ޓޮޓެންހަމްގެ އެމަރސަން ރޯޔަލްއަށް ސީދާ ރަތްކާޑެއް ދެއްކުމުން ދިހަ ކުޅުންތެރިންނާ ދެކޮޅަށް މެޗުގެ ބޮޑުބައި ކުޅެން ފުރުޞަތު ލިބުމެވެ. އެއީ ގަބްރިއަލް މާޓިނެލީއަށް ކުރި ފައުލަކާ ގުޅިގެންނެވެ. އެކަމަކު އޭރުވެސް 2-1 ން ކުރީގައި އޮތީ އާސެނަލްއެވެ.

20 ވަނަ މިނިޓްގައި އާސެނަލްއަށް ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދައިދިނީ ތޯމަސް ޕާޓޭއެވެ. 25 ޔާޑުން ޕާޓޭ ފޮނުވާލި ބޯޅަ ވަނީ މަތީ ކަނަށެވެ. ޕެނަލްޓީއަކުން ކޭން ނަތީޖާ ހަމަހަމަކޮށްދިން ފަހުން ދެވަނަ ހާފްގައި އާސެނަލްއަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ ޖެސޫސްއެވެ. ތިންވަނަ ލަނޑު ޖެހީ ޒަހާއެވެ.

ފުރަތަމަ އަށް މެޗުގެ ތެރެއިން އާސެނަލް ބަލިވީ ހަމައެކަނި މެންޗެސްޓަރ ޔުނައިޓެޑް އަތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް