Advertisement
ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 23:23
"ޕްރީއޯޑާ" ފޭސްބުކް ޕޭޖް
"ޕްރީއޯޑާ" ފޭސްބުކް ޕޭޖް
އަޒުމޫން އަހުމަދު
މަކަރާއި ހީލަތް
"ޕްރީއޯޑާ" ޕޭޖާ ގުޅޭ މައްސަލައެއް ފުލުހުން ބަލަނީ
ޕްރީއޯޑާ އެމްވީ އަކީ ކުރު މުއްދަތެއްގެ ތެރޭގައި މުދާ ގެނެސްދޭ ޕޭޖެއް
މީހުން އަތުން ފައިސާ ނެގުމަށް ފަހު ހަބަރެއް ނުވާ މައްސަލައެއް ވަނީ ފެންމަތިވެފަ

ފޭސްބުކް ޕޭޖެއް ކަމަށްވާ "ޕްރީއޯޑާ އެމްވީ" އިން ކުރި ވިޔަފާރިއަކާ ގުޅޭ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އަންގާރަ ދުވަހުގެރޭ ފުލުހުން ބުނީ "ޕްލީއޯޑާ އެމްވީ" ގެ ވިޔަފާރިއާއި ގުޅޭ މައްސަލައެއް ފުލުހުންނަން ހުށައަޅާފައިވާ ކަމަށެވެ. އަދި އެޕޭޖުން މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން ހުށައެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

"ޕްރިއޯޑާ އެމްވީ" ފޭސްބުކް ޕޭޖަކީ ހެޔޮ އަގުގައި ފޯނާއި އަގުބޮޑު ބައެއް އެހެން ތަކެތި ވިއްކަމުންދާ ޕޭޖަކެވެ. މިގޮތަށް ތަކެތި ގެނެސްދޭނެ ކަމަށް ބުނެ ޕްރީއޯޑާއި ޕޭޖުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު، ހަބަރެއް ނުވާ މައްސަލަ ވަނީ ފެންމަތިވެފައެވެ. އަދި އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ބައެއް މީހުންދަނީ ފާޅުކުރަމުނެވެ.

ފުލުހުން ބުނީ "ޕްރިއޯޑާ އެމްވީ" ފޭސްބުކް ޕޭޖުން ވިޔަފާރިކޮށްގެން މައްސަލައެއް ދިމާވެފައިވާ ފަރާތެއް ވާނަމަ އެކަން ރަސްމީކޮށް އެ މުއައްސަސާއަށް ހުށައެޅުމަށް އެދޭކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް