Advertisement
ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 22:43
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފު
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފު
ރާއްޖެއެމްވީ
ރައީސް ޔާމީން
ރައީސް ޔާމީން ފިއްލަވާފާނެތީ ރައްޔިތުން މާބޮޑަށް ކަންބޮޑުވޭ: މަޚްލޫފް
ސަރުކާރުން ބުނެފައިވަނީ އަދީބް ބޭސްފަރުވާއަށް ނުފޮނުވަނީ ފިލާފާނެތީ ކަމަށް
ރައީސް ޔާމީންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ރައްޔިތުން ކުރޭ
މި ސަރުކާރުގައި އެކި ފަރާތްތަކަށް ލިބިފައިވާ ގެއްލުމުގެ ޒިންމާ ރައީސް ޔާމީން ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގިނަ ފަރާތްތަކަކުން ބުނޭ

ރައީސް ޔާމީން ފިއްލަވާފާނެތީ ރައްޔިތުން މާބޮޑަށް ކަންބޮޑުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފު ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބުރައީސް އަޙުމަދު އަދީބް ބޭސްފަރުވާ އާއި ގުޅޭގޮތުން ސަރުކާރުން އަންގާރަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރުން ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގައި މަޚްލޫފް ވިދާޅުވީ، ބޭސްފަރުވާއަށް އަދީބް ރާއްޖެއިން ބޭރަށް ފޮނުވަން ސަރުކާރުން ހުއްދަ ދީފައިނުވަނީ، އެމަނިކުފާނު ފިއްލަވާވަޑައިގެންފާނެތީކަމަށް ސަރުކާރުން ބުނާއިރު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފިއްލަވާވަޑައިގެންފާނެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި މާބޮޑަށް އޮތް ކަމަށެވެ.

މަޚްލޫފް މިފަދައިން ވިދާޅުވިއިރު، ސަރުކާރުގެ ތެރެއިން، ރައީސް ޔާމީނަށް މާލީ އެތައް ފައިދާއެއް ވާގޮތަށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގަމުންދާކަމަށް ރައްޔިތުން ދަނީ ތުޙުމަތު ކުރަމުންނެވެ. އަދި މި ސަރުކާރުގައި އެކި ފަރާތްތަކަށް ލިބިފައިވާ އެކި ކަހަލަ ގެއްލުންތަކަށްވެސް ރައީސް ޔާމީން ޒިންމާވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނޭ ކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

އަންގާރަ ދުވަހު ސަރުކާރުން ބުނެފައިވަނީ، އަދީބް ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވައިފިނަމަ އެ މަނިކުފާނު ފިއްލެވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ސަރުކާރުން ބުނީ، އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތަށް 10 މިލިއަން ޑޮލަރު ދައްކަން އަދީބަށް ޖެހޭ ކަމަށާއި، އެހެންވެ އަދީބު ރާއްޖޭން ބޭރަށް ފޮނުވައިފި ނަމަ، އެ ފައިސާވެސް ދައުލަތަށް ގެއްލިގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އެޑްމިން
- ކޮމެންޓް