Advertisement
ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 22:35
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް
މުހައްމަދު ޝަރުހާން
އަހްމަދު އަދީބް
އަދީބު ރާއްޖޭން ބޭރަށް ނުފޮނުވުމުން ސަރުކާރުގެ ނިކަމެތިކަން ހާމަވެއްޖެ: ހަސަން ލަތީފް
ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއި އެކު އަދީބް ރާއްޖެއިން ބޭރަށް ފޮނުވެން ޖެހޭނެ ކަމަށް ވިދާޅުވި
ޖަލުގެ ގޮޅީގައި އަދީބް މަރުވެއްޖެނަމަ އެކަމުގެ ޒިންމާ ނަގާނީ ކާކުތޯ ސުވާލު އުފެއްދެވި
ފަރުވާ ނުލިބިގެން އަދީބް މަރުވެއްޖެނަމަ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކާނީ ކާކުތޯ ސުވާލު އުފެއްދެވި

ޖަލަށް ލާފައި ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުއްވައިފިނަމަ އެ މަނިކުފާނު ފިއްލެވުމުގެ ފުރުސަތު އޮތް ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވުމުން ރައީސް އަބްދުﷲ ޔާމީންގެ ނިކަމެތިކަން ހާމަވެއްޖެކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އަދީބު ރާއްޖޭން ބޭރަށް ފޮނުވަން ހުއްދެ ދެވެން ނެތްކަމަށް ބުނެ ސަރުކާރުން ފާހަގަކުރާ ދެ ސަބަބަކީ ގަބޫލުކުރެވޭ ސަބަބުތަކެއް ނޫން ކަމަށެވެ. ދިވެހި ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއި އެކު އަދީބް ރާއްޖެއިން ބޭރަށް ފޮނުވެން ޖެހޭނެކަމަށް ހަސަން ވިދާޅުވިއެވެ.

އަދީބްގެ އާއިލާގެ ފަރާތުން އަދީބުގެ ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށާއި އެތެރެހަށީގައި ސިސްޓްތަކެއް ހުރިކަމަށް މިއަދު ބުނަމުންދަނީ، އެ މައްސަލަތަކުގައި އެމަނިކުފާނަށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާތީ ކަމަށެވެ. މިއަދު ޖަލު ގޮޅީގައި އޮންނަވަނިކޮށް އަދީބް އަވަހާރަވެއްޖެ ނަމަ، އެކަމުގެ ޒިންމާ ނަގަނީ ކޮންފަރާތަކުންތޯ ހަސަން ވަނީ ސުވާލު އުފައްދާފައެވެ.

ސަރުކާރުން ބުނެފައި ވަނީ އަދީބަށް ލިބިވަޑައިގަންނަވަންޖެހޭ ސިއްހީ ފަރުވާއަށް ސަރުކާރުން ހުރަސް ނާޅާ ކަމަށާއި، ރާއްޖެއިން ބޭރުން މާހިރުން ގެންނަވައިގެން ނަމަވެސް އަދީބަށް ފަރުވާ ދެއްވަން ޖެހޭކަމަށެވެ.

ހަސަން ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތަށް އަދީބު 10 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އެހެންވެ، އަދީބު ރާއްޖޭން ބޭރަށް ފޮނުވައިފިނަމަ، އެ ފައިސާ ދައުލަތަށް ގެއްލިގެންދާނެ ކަމަށް ސަރުކާރުން ބުނުމަކީ ދެކޮޅު ނުޖެހޭ ކަމެއް ކަމަށެވެ. އަދީބަށް ބޭސްފަރުވާ ކުރުމަށް ފުރުޞަތު ނުލިބި ޖަލު ގޮޅީގައި މަރުވެއްޖެނަމަ އެ ފައިސާ ދައުލަތަށް ލިބޭނީ ކިހިނެއްތޯ ހަސަން ވަނީ ސުވާލު އުފައްދަވާ ވާހަކަ ދައްކަވާފައެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ރައީސް ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެ ޚިޔާނާތުގައި ބައެއް ފުލުހުންނާއި ސިފައިންގެ އިތުރުން މުއައްސަސާތަކުގެ ބައެއް ވެރިން ބައިވެރިވެފައިވާކަމަށް ބައެއް ފަރާތަކުން ބުނާއި އިރު، މިކަން ތަހުގީގު ކުރާ މުއައްސަސާތަށް ސިޔާސީ ނުފޫޒުން އެއްކިބާވެގެން ތަހުގީގު ކުރެވޭނެ މާހައުލެއް ހޯދަންޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ.

އެކަންކަން ކާމިޔާބު ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތުން މަޖިލީހުގެ ތެރެއިން އަލިމަގެއް ފެނިގެންދާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
21 ޖޫން 2017 | ބުދަ 00:33
އަޙްމަދު
އަދީބު ފިލިއަސް ހޯދޭވަރު މީހެއް ހޯމްމިނިސްޓަރަކީ.ދާދި އަވަހަށް ލުޠްފީ ގެންނާނެ ކަމަށް އޭނާ ބުނި.ދާދިއަވަސް އެއީ ކިތައް އަހަރުތަ؟