ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 20:03
މާފުށިން ހައްޔަރުކުރި މީހުން އަތުން ފެނުނު ތަކެތި
މާފުށިން ހައްޔަރުކުރި މީހުން އަތުން ފެނުނު ތަކެތި
ޕޮލިސް
މަސްތުވާތަކެތި
މަސްތުވާތަކެއްޗާ ގިނަ އަދަދެއްގެ ފައިސާއާއިއެކު މާފުށިން ދެމީހުން ހައްޔަރުކޮށްފި
ހައްޔަރު ކުރީ 24 އަހަރުގެ ދެ ފިރިހެނުން
މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ވަނީ ފެނިފަ
ނަގުދު ފައިސާއިން ފަންސަވީސްހާސް ރުފިޔާވެސް ފެނިފައިވޭ

މަސްތުވާތަކެއްޗާއި، ގިނަ އަދަދެއްގެ ފައިސާއާއިއެކު ކ. މާފުށިން ދެ ޒުވާނުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރ ވިދާޅުވީ، ކ. މާފުށި ޕޮލިސް ސްޓޭޝަނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާފުށީގައި ހިންގި އޮޕަރޭޝަނެއްގައި، އަންގާރަ ދުވަހުގެ އިރުއޮއްސި 18:03 ހާއިރު، ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދެ ފިރިހެނަކު ކަމަށެވެ.

މި މީހުން ހައްޔަރު ކުރިއިރު، މިމީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 2 ޖޫސްޕެޓީ ކޮތަޅާއި، 4 ރަބަރު ޕެކެޓްގެ އިތުރުން 1 ރަބަރުކޮޅު ފެނިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން މި މީހުންގެ އަތުން ނަގުދު ފައިސާއިން ފަންސަވީސްހާސް ރުފިޔާވެސް ފެނިފައިވާ ކަމަށެވެ.

ފުލުހުން މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާއިރު، ދާދި ފަހުން ފުލުހުން ވަނީ ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތިވެސް ހައްޔަރުކޮށްފައެވެ.

- ކޮމެންޓް